ކަރަންޓުގެ އަގު ހެޔޮކުރުމުން ވެސް ބިލް ބޮޑުވި ކަމުގެ ޝަކުވާ ގިނަވެފައި ވަނިކޮށް، އެގޮތަށް ބިލް ފެންނަނީ ވޭތުވެ ދިޔަ ދެ މަހުގެ ބިލްގައި ރޯދަ ޑިސްކައުންޓު ހިމަނާފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.  
އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށެވެ. 
"އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަގީގީ ފަރަގު ސާފުވާނެ،" ސްޓެލްކޯއިން ބުންޏެވެ. 
މި އަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތަށް މުތުލަގަށް އެންމެނަށް ލިބޭ ބްލެންކެޓް ސަބްސިޑީ ކަނޑާނުލައި ކަރަންޓުގެ އަގުތައް ޖޫން 1 އިން ފެށިގެން ކުޑަކުރަން ވަނީ ނިންމައިފަ އެވެ. 
މި ބަދަލާއެކު ކަރަންޓު ބިލުތައް ކުޑަވި ނަމަވެސް، ކަރަންޓުގެ ހިދުމަތް ދިނުމަށް ދައުލަތުން ކުރާ ހޭދަ އިތުރަށް ބޮޑުވާނެ އެވެ. އަދި މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ސިޔާސަތަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
    
    މި މަހުގެ ކަރަންޓު ބިލް ބޮޑު ކަމަށް ފެންނަނީ މިދިޔަ މަހު ޑިސްކައުންޓު ލިބިފައިވާތީ: ސްޓެލްކޯ މި މަހުގެ ކަރަންޓު ބިލް ބޮޑު ކަމަށް ފެންނަނީ މިދިޔަ މަހު ޑިސްކައުންޓު ލިބިފައިވާތީ: ސްޓެލްކޯ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ