ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ރިނބިދޫގައި އާ ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ރިނބިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ބުނީ ކީކޭ؟ - "މުޅި ރާއްޖޭގައި ބޭންކިންގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ރިނބިދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ތައާރަފުކުރެވުމަކީ ލިބުނު އުފަލެއް. މި ހިދުމަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ފައިސާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިންގެ މުއާމަލާތްތައް ފަސޭހަކަމާ އެކު 24 ގަޑިއިރު ކުރެވޭނެ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
އެނގުން މުހިންމު - ބީއެމްއެލްގެ ބޭންކިން ވިއުގައިގައި:
20 އަތޮޅުގައި 39 ބްރާންޗު
98 ސެލްފް ސާވިސް ބޭންކިން ސެންޓަރު
155 އޭޓީއެމް
އޭޖެންޓު ބޭންކިން
ބީއެމްއެލްއިން ރިނބިދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ