ދުނިޔޭގެ އެންމެ ބޮޑު އެތުލެޓިކް ހެދުމާއި ބޫޓު އުފައްދާ އެއް ކުންފުނި ކަމަށްވާ އެޑިޑާސް ވަނީ އިންޓަ މަޔާމީ ސީއެފްގެ 2025 އާއި 2026ގެ ތިން ވަނަ ކިޓް ކަލެކްޝަނެއް މި ހަފުތާގައި ނެރެފަ އެވެ. މަޝްހޫރު ފުޓަބޯޅަ ކުޅުންތެރިޔާ ލިޔޮނަލް މެސީއާ އެކު ކުރިއަށްގެންދާ ޕްރޮމޯޝަން ކެމްޕޭނުގައި މި ކަލެކްޝަނުގައި ހިމެނޭ ޑިޒައިންތައް މިހާރު ވަނީ ދައްކާލައިފަ އެވެ.
މަޑު ނޫ ކުލައިގެ ޖާޒީއަކާއި ވާސިޓީ ޖެކެޓެއް ލައިގެން މެސީ ވަނީ މޮޑެލްކޮށްފަ އެވެ. 'ސެމީ ބްލޫ ބާސްޓް' ކިޔާ މި ކަލެކްޝަނުގައި ހިތްގައިމު މަޑު ނޫ ކުލައިގެ އިތުރުން، މަޑު ފިޔާތޮއްޓާއި ހުދު އަދި ކަޅު ކުލައިގެ ހެދުން ހިމެނެ އެވެ.
އެމެރިކާގެ މަޝްހޫރު ސިޓީއެއް ކަމަށްވާ މަޔާމީއަށް ނިސްބަތްވާ މި މަޑު ކުލަތައް ބޭނުންކޮށްގެން ފަރުމާކުރި މި ކަލެކްޝަނުގައި ދެ ޖިންސަށް ވެސް ލެވޭނެ ޒާތުގެ ޖާޒީ، ވާސިޓީ ޖެކެޓު އަދި ސޯޓު ހިމެނެ އެވެ. މީގެ އިތުރުން މި ކަލެކްޝަންއާ ދިމާކޮށް އެޑީޑާސްގެ އޮރިޖިނަލް ކަލެކްޝަންއަކާއި 'ސެމީ ބްލޫ ބާސްޓް'ގައި ވާ ކުލަތައް ހިމެނޭ އެޑިޑާސް ގެޒެލް ބޫޓެއް ވެސް ނެރުނެވެ.
ހިތްގައިމު މަޑު ކުލަތަކެއް ހިމެނޭ ކުލަ ސްކީމްގެ އިތުރުން ކިޓްގައި ވަރަށް ފަރުވާތެރިކަމާ އެކު ފަރުމާކޮށްފައިވާ ތަފްސީލުތައް ވެސް ވެ އެވެ. ސަޕޯޓަރުންނަށް ފެންނާނީ ކްލަބުގެ ޒަމާނީ ލޯގޯއަކާއި މަޝްހޫރު އެޑިޑާސް 'ޓްރެފޮއިލް' ނިޝާނެވެ. ގިނަ ޒަމާންތަކަކަށް ފަހު އެޑީޑާސް އޮރިޖިނަލްސްއާ ގުޅިފައިވާ 'ޓްރެފޮއިލް' އަލުން ގެނެސްދިނުމަކީ އެ ބްރޭންޑުގެ ބޮޑު ބަދަލެކެވެ. އެތުލެޓިކް ވެއާ އާއި ސްޓްރީޓް ވެއާގެ ނަލަ ޑިޒައިން ގުޅުވައިދެ އެވެ.
އަންނަ ހޫނު މޫސުމަށް ދިމާކޮށް ނެރޭ މި ކަލެކްޝަން މިހާރު އޮންލައިންކޮށް އެޑިޑާސް ވެބްސައިޓްއިން ލިބެން އެބަ ހުއްޓެވެ.
އެޑިޑާސްއިން ތިންވަނަ އިންޓަ މަޔާމީ ކިޓް މެސީއާ އެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ