ފިލިޕީންސްގެ ރައީސް މާކޯސް އަޒުލު ކުރަން ހުށަހަޅައިފި

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާއާ ދެކޮޅަށް ގާނޫނީ ވަކީލަކު ވެރިކަމުން އަޒުލު ކުރުމުގެ މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅީ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށް ޝަރީއަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމުން އާންމުންގެ އިތުބާރު އޭނާގެ މައްޗަށް ގެއްލޭ ކަމަށް ތުހުމަތު ކޮށެވެ.
ގާނޫނީ ވަކީލު އަންދްރޭ ޑި ޖީސަސް ހުށަހެޅި އެ ޝަކުވާގައި ބުނެފައި ވަނީ ޑުޓާޓޭއާ ދެކޮޅަށް ހުށައެޅި ފިޔަވަޅަކީ ޑުޓާޓޭއާ އާއި އޭނާގެ އާއިލާ "ކިޑްނެޕް ކުރުމުގެ އަމަލެއް" ކަމަށެވެ.
ޑުޓާޓޭއަކީ 2016 އިން 2022އަށް ފިލިޕީންސްގެ ރައީސް އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް އޭނާ ކުރި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރާލި މައްސަލައެއްގައި އޭނާ ހައްޔަރުކޮށް، ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ގެންގޮސްފައި ވަނީ މިދިޔަ މާޗުގަ އެވެ.
ބަޖެޓުގެ ހުރި އޮޅުވާލުންތަކާ ގުޅިގެން މާކޯސްގެ މައްޗަށް ގާނޫނުއަސާސީއާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކަށް ފިޔަވަޅު ނާޅާ ހުރުމާއި މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުތަކަށް ޖަވާބު ނުދެއްވުމުގެ ސަބަބުން އޭނާގެ ވެރިކަމާ މެދު ކަންބޮޑުވުންތައް އުފެދިފައިވެ އެވެ.
މާކޯސްގެ އޮފީހުން ބުނީ ޑިމޮކްރެޓިކް ނިޒާމަށް އިހުތިރާމް ކުރާ ކަމަށާއި ކޮންގްރެސްއަށް އިތުބާރު ކުރާނެ ކަމަށެވެ. އެ އޮފީހުން ބުނީ ދައުލަތުގެ އެއްބާރު، ސަރުކާރުގެ ހައިސިއްޔަތުން އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއި ގާނޫނަށް އިހްލާސްތެރިކަމާ އެކު، ގައުމުގެ ވާޖިބުތައް އަދާކުރާނެ ކަމަށެވެ.
"އެ މަރުހަލާތައް ކުރިއަށް ދާއިރު، ރައީސް ވެރިކަން ކުރައްވަމުން ގެންދަވާނީ ސަރުކާރުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތާއި ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް،" ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ މައްސަލަ ހުށަހަޅާފައި މިވަނީ މާކޯސްގެ ކުރީގެ ނައިބު ރައީސް އަދި ޑުޓާޓޭގެ ދަރިކަލުން މަގާމުން ދުރުކުރިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.
 ކޮންގްރެސްގެ ތިރިގެ މިހާރު ލީޑް ކުރައްވަނީ މާކޯސްގެ ދެބެންގެ ދެދަރި މާޓިން ރޮމުލްޑޭޒްއެއް ނޫނެވެ. ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ހިންގި މަޝްރޫއުތަކުގެ ކޮރަޕްޝަނާ ގުޅިގެން އޭނާ ވަނީ ހައުސްގެ ސްޕީކަރުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އަދިވެސް ތިރިގެ އޮތީ ރައީސްގެ ބައިވެރިންގެ ބާރުގެ ދަށުގަ އެވެ. އެހެންކަމުން، އެ މައްސަލާގައި ރައީސްގެ އަޒުލުކުރެވިދާނެތޯ އެއީ ސުވާލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ