ޑެންގީ ޖެހިގެން 17 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ
ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން އައި 17 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި މި ބައްޔަށް ފަރުވާ ހޯދަނިކޮށް މަރުވީ މ. މުއްޔަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. އެ ކުއްޖާ މަރުވީ ޑެންގީ ޖެހިގެން ފަރުވާ ހޯދަނިކޮށްކަން އެ ރަށު ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ކަށުނަމާދުގެ މައުލޫމާތު އާންމުކުރާ ކަށުނަމާދު ޕޭޖްގައި ވާގޮތުން އެ ކުއްޖާ މަރުވީ ރޭގެ ވަގުތެއްގައެވެ. އަދި، މިއަދު އެ ކުއްޖާއަށް ކަށުނަމާދު ކުރަން ވަނީ ހަމަޖެހިފައެވެ. މި ހާދިސާއާ ގުޅޭ އިތުރު މާ ގިނަ ތަފުސީލުތަކެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޑެންގީ ހުން ޖެހިގެން މި މަހު 13 ވަނަ ދުވަހު ވެސް ޒުވާނަކު މަރުވެފައިވެއެވެ. އެއީ، ށ. މިލަންދުއަށް އުފަން 22 އަހަރުގެ ފިރިހެނެކެވެ. އޭނާ ވެސް މަރުވީ ޑެންގީ ހުން ޖެހިގެން ހާލު ގޯސްވެގެންނެވެ. https://sun.mv/220707 މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ