މަހިބަދޫގެ ފުރަތަމަ ޙާފިޡް، އަލް-ޙާފިޡް ޒަލަފް ބިން ނާފިޢުއަށް ކައުންސިލްގެ ފަރާތުން އުމްރާ ދަތުރެއް!

އދ. މަހިބަދޫގެ ތާރީޚްގައިވެސް އެންމެ ފުރަތަމަ ޙާފިޡް ކަމުގެ ސަނަދު ހޯދި، އަލް-ޙާފިޡް ޒަލަފް ބިން ނާފިޢު އަށް ކައުންސިލްގެ ފަރާތުން އުމްރާ ދަތުރެއް ދީފިއެވެ. 
އދ. މަހިބަދޫއަށް އުފަން، އުމުރުން 12 އަހަރުގެ ޒަލަފް ޤުރުއާން ހިތުދަސްކޮށް، ހާފިޒު ކަމުގެ އިމްތިހާނުން ދަސްވެނިވީ މި ޖަނަވަރީ މަހުގެ 12 ދުވަހުއެވެ. 
މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް
ހާފިޒު ކަމުގެ ސަނަދާއި އެކު، މިއަދު މެންދުރުގެ ވަގުތެއްގައި ޒަލަފާއި އޭނާގެ ޢާއިލާ މަހިބަދޫއަށް އައިސްފައިވާއިރު، އެ ރަށުން ވަނީ އޭނާއަށް ރަތް ދޫލައިން މަރުޙަބާ ކިޔައިފައެވެ. ޒަލަފަށް މަރުހަބާ ދެންނެވުމަށް، ރަށުގު ހުރިހާ މުވައްސަސާ ތަކާއި، ސަރުކާރު ކުންފުނިތަކާއި، އަމިއްލަ ޖަމިއްޔާ ތަކާއި ރަށުފެ ކުދި ބޮޑު އެތައް ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ. 
މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް
މަރުހަބާ ދެންނެވުމަށްފަހު ޒަލަފްގެ ޝަރަފްގައި ބޭއްވުނު ހަފްލާގައި ސަރުކާރުގެ އެކިއެކި މުވައްސަސާ ތަކާއި، ސަރުކާރު ކުންފުނި ތަކާއި އަމިއްލަ ކުންފުނިތަކާއި، އެރަށު ދީނީ ޖަމިއްޔާއާއި، އދ އަތޮޅު ކައުންސިލްގެ ފަރާތުން ވަނީ ޒަލަފަށް ހަނދާނީ ފިލާއާއި ހަދިޔާ އާއި ފައިސާގެ އިނާމް ހަދިޔާ ކޮށްފައެވެ.
މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް
އަދި އެރަށު ކައުންސިލްގެ ފަރާތުން ޒަލަފަށް ދިން އުމްރާ ދަތުރުގެ އިތުރުން، ހިޖާޒް އުމްރާ ގުރޫޕުގެ ފަރާތުންވެސްވަނީ ޢުމްރާ ދަތުރެއް ދީފައެވެ. 
މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް
އެގޮތުން، މަރުޙަބާ ދެންނެވުމަށްފަހު، ޒަލަފްގެ ޝަރަފްގައި ބޭއްވުނު ހަފްލާގައި ވާހަކަ ދައްކަވަމުން، މަހިބަދޫ ކައުންސިލްގެ ރައީސް، ރަޝާދު ޢަލީ ވަނީ ރަށަށް އެފަދަ ބޮޑު ޝަރަފެއް ހޯދައިދިން ކަމަށްޓަކައި ޒަލަފަށާއި އޭނާގެ ޢާއިލާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އޭނާގެ ހާފިޒް ކަމުގެ ދަތުރުގައި އެހީވެދިން އެންމެހާ ފަރާތްތަކަށްވެސް ކައުންސިލްގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ. 
މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް
މީގެ އިތުރުން، އެ ހަފްލާގައި ވާހަކަ ދައްކަވަމުން، ޒަލަފްގެ ބައްޕަ އިބްރާހީމް ނާފިޢުވެސް ވަނީ، ޒަލަފަށް އެހީވެދިން އެންމެހާ ފަރާތްތައް ޚާއްސަކޮށް އޭނާގެ މަންމަ އަށް ޝުކުރު އަދާކުރައްވާފައެވެ.
މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް
މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް
އަދި މުރާޖާ ކުރުމުގެ ކަންކަން ފަސޭހަކަމާއެކު އިންތިޒާމް ކޮށްދިން ކަމަށްޓަކައި މަހިބަދޫ ކައުންސިލްގެ މެންބަރު މުޙައްމަދު މައުމޫނަށްވެސް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.
މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް
ހަމައެހެންމެ ޒަލަފްގެ މުރާޖާގެ ކަންކަމުގައި އެހީވެދިން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ކޮމިޓީ މެންބަރު ހާމިދު ސަރ އަށާ، އެނޫން ގޮތް ގޮތުންވެސް އެހީވެދިން އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. 
މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުމުގެ ހަފްލާގައި ޒަލަފްގެ ބައްޕަ ވާހަކަދައްކަނީ: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް
”އަޅުގަނޑު ހިތަކަށްނާރާ އަޅުގަނޑުގެ އުފަންރަށް އދ.މަހިބަދޫ އިން އަޅުގަނޑުގެ ދަރިފުޅަށް މިހާބޮޑު މަރުޙަބާއެއް ކިޔާނެކަމަކަށް. މި ބޮޑު މަރުހަބާއިން އަޅުގަނޑަށް ވަރަށް ތަފާތު އުފަލެއް ލިބިގެންދިޔަ. އެއުފަލަކީ ކީރިތިޤުރުއާނަށް އަޅުގަނޑުގެ ރަށުގެ ރައްޔިތުންގެ ހިތުގައި އޮތް ލޯބި. އަދި ހަމައެއާއިއެކު އެކަމަށް އުފާކޮށް ހިތްވަރުދީ ބޮޑެތި އިނާމްތައް ހުށައެޅުމުން، އިންޝާالله އަޅުގަނޑުގެ ރަށުންވެސް އިތުރު ބައިވަރު ހާފިޡުން އުފެދުމުގެ ފުރުޞަތު އެބައޮތްކަަމުގެ ފޮނި އިހްސާސް ކުރެވުނު.“ ޒަލަފްގެ ބައްޕަ ބުނެފައިވެއެވެ. 
މަހިބަދޫގެ ފުރަތަމަ ހާފިޡް، އަލް ހާފިޡް ޒަލަފް ބިން ނާފިޢުއަށް މަރުހަބާ ކިޔުން: ފޮޓޯ/ އަހުމަދު ޖައުޝާން އިބްރާހީމް
ޒަލަފަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތު ނިމުމަށްފަހުގައިވެސް އަމިއްލަ ބައެއް ފަރާތްތަކުން ވަނީ އޭނާއަށް ފައިސާގެ އިނާމާއި ހަދިޔާތައް ދީފައެވެ. 
އަދި އެ ރަސްމިއްޔާތަށްފަހު، މަހިބަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ، ޒަލަފްގެ ޢާއިލާއަށް ޚާއްސަ ކެއުމެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ