ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ޓީމޫ އަދި ޝީން ފަދަ ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމީ ގިނަ މީހުންގެ ބޭނުންތަކަށް އިސްކަންދޭން ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ބީއެމްއެލް އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ކަސްޓަމަރުން ބޭރުން ކުރާ ވިޔަފާރިތަކަށް ކޮންމެ މަހަކު އެ ބޭންކުން 45 މިލިއަން ޑޮލަރު ހަރަދު ކުރާ ކަމަށެވެ. އަދި އޭގެތެރެއިން 75 ޕަސެންޓު ހަރަދު ވަނީ ކަސްޓަމަރުން ކުރާ އީ-ކޮމާސް ވިޔަފާރިތަކަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ނަމަވެސް 30 ޕަސެންޓުގެ ފީއެއް ނަގަން މިއަދު ނިންމި ވެބްސައިޓުތަކަށް ހަރަދު ކުރަނީ އެ އަދަދުގެ ތިންބައިކުޅަ އެއްބައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.
"މިއަދު އިއުލާނުކުރި ހަ ވެބްސައިޓަކީ މީގެ [45 މިލިއަން ޑޮލަރުގެ] ތިންބައިކުޅަ އެއްބައި، ޓީމޫއަށް އެކަނިވެސް މަހަކު ހަތް މިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭ، އޭގެތެރެއިން [ޓީމޫއަށް ހަރަދުކުރާ އަދަދުގެ] ބޮޑު ބަޔަކީ ވިޔަފާރިވެރިން ކުރާ މުއާމަލާތްތައް،" ބީއެމްއެލް އިން ބުންޏެވެ.
"މިއަދު އިއުލާނުކުރި ބަދަލުތަކަކީ ގިނަ މީހުންގެ ބޭނުންތަކަށް އިސްކަން ދިނުމުގެ ގޮތުން ގެނައި ބަދަލުތަކެއް،"
ކުރާ ކޮންމެ ވިޔަފާރިއަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލް އިން ނިންމީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިންނެވެ. މި ހުރިހާ ސައިޓުތަކަކީ، ވަކިން ހާއްސަކޮށް ޝީއިން އާއި ޓީމޫއަކީ، ގިނަ ދިވެހިން މިހާރު ވިޔަފާރިކުރާ ސައިޓުތަކެކެވެ.
އެ ވެބްސައިޓުތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލް އިން ނިންމީ ބައެއް މީހުން ވިޔަފާރިކުރަން މުދާ ގެންނަން ބީއެމްއެލް ޑެބިޓު ކާޑުތަކުން ފައިސާ ދެއްކުން ހުއްޓުވަން ކަމަށް ބުނެ އެވެ.
މި ބަދަލު ގެނައި އެ ބޭންކުގެ ދިވެހި ރުފިޔާ ކާޑުތަކުން ބޭރު މުއާމަލާތްތަކުގައި ބޭނުންކުރެވޭ އަދަދު 500 ޑޮލަރަށް ބޮޑުކުރަން ނިންމުމާ އެކީގަ އެވެ.
ބީއެމްއެލްއިން މި ބަދަލު ގެނައުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ އިންތިހާއަށް އަމާޒުވެފަ އެވެ. އެގޮތުން ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ ބީއެމްއެލްއިން މި ބަދަލު ގެނައީ އާންމުންނަށް މަންފާ ލިބޭ ދޮރުތައް ބަންދު ކުރުމުގެ ގޮތުން ކަމަށެވެ.
ޓީމޫ އާއި ޝީން ފަދަ ސައިޓުތަކުން ފީ ނަގަން ފެށީ ގިނަ މީހުންގެ ބޭނުންތަކަށް އިސްކަންދޭން: ބީއެމްއެލް ޓީމޫ އާއި ޝީން ފަދަ ސައިޓުތަކުން ފީ ނަގަން ފެށީ ގިނަ މީހުންގެ ބޭނުންތަކަށް އިސްކަންދޭން: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ