ފައިނަލް ވޯޓާސް ލިސްޓަށް އިދާރީ ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްްވާ ރައްޔިތުންގެ މަޖިލީހުގައި ވޯޓުލާ މީހުންގެ ފައިނަލް ވޯޓާސް ލިސްޓާ މެދު އިދާރީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިރޭ ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު "ސަން"އަށް ވިދާޅުވީ، ވޯޓާސް ލިސްޓަށް އިދާރީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އަންނަ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ކަމަށެވެ. އަދި އެ މުއްދަތުގައި ހުށަހެޅޭނީ ހަމައެކަނި އިދާރީ ޝަކުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަކުރަމް ވިދާޅުވީ، ޝަކުވާ ހުށަހެޅޭނީ އިލެކްޝަންސް ބާ ޖަމާލުދީނުގައި ހުންނަ އިންތިހާބީ މަރުކަޒަަށް ކަމަށެވެ. އިދާރީ ޝަކުވާ އަކީ ރަޖިސްޓްވީ ވެފައިވާ ތަން ލިސްޓުގައި ނުބައިކޮށް އޮތުން ފަދަ ކަންކަމެވެ. އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓަށް އިދާރީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި އިރު، މިރޭ އެ ކޮމިޝަނުން ބުނީ މަޖިލިސް އިންތިހާބަށް ވޯޓު ކަރުދާސް ޗާޕު ކުރުމަށް ދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ