ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން އިއުލާން ކޮށްފިއެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އެކެއްވާ ހޮނިހިރު ދުވަހުއެވެ.
މިކަން އިއުލާންކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އުނގޫފާރު ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 އިން ފެށިގެން 21 ގެ ނިޔަލަށް ކަމަށެވެ.
މިބައި އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު އެއްވަނަ ދުވަހުގެ ހެނދުނު 8:00 އިން 4:00 އަށް ކަމަށާއި އަދި ދާއިމީ ނަތީޖާ އިއުލާންކުރާނީ ޑިސެމްބަރު 4 ވަނަ ދުވަހު ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށްފައި މިވަނީ އެދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ޑރ.އަފްރާޝީމް އަލީ ތޫނުއެއްޗަކުން ހަމަލާދީ ރަހުމްކުޑަގޮތަކަށް އަވަހާރަ ކޮށްލުމާއިގުޅިގެން އެގޮނޑި ހުސްވުމުންނެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން އިޢުލާން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ