ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ދުވަހަކުވެސް މިޤައުމު ނުދެކޭފަދަ ބޮޑު ޔަހޫދީ އެއް ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
"އުއްމީދީ 16" ގެ ނަމުގައި ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ބަސްމަދު، އަމަލު ގިނަބޭފުޅެއް ކަމަށާއި، ކެނެރީގޭ ނަޝީދަކީ ދުވަހަކުވެސް މިގައުމު ނުދެކޭ ފަދަ ޔަހޫދީއެއް ކަމަށެވެ.
"އެމަނިކުފާނު މި ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފައި ނުކުރައްވާ ނުބައިކަމެއް ނެތް." ނަޝީދަށް އިޝާރާތް ކުރައްވާ އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ސަރުކާރު ހިންގާއިރު މަސައްކަތްކުރަން ޖެހޭނީ ސަރުކާރު ދަމަހައްޓައި، ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދެންކަމަށެވެ.
"ޒިންމާދާރު ޕާޓީއަކީ ރާއްޖެއިން ބޭރަށް ގޮސް، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ގޮވުމެއް ނޫން ކަމާއި އެއިރަކު އޮންނަ ސަރުކާރަކަށް އެއްބާރުލުން ދިނުންކަން. އޭގެފަހުން އަޅުގަނޑުމެން މިއައީ ދެވަނަ މަރުހަލާއަށް އެއީ ވެރިކަން." އަދުރޭގެ ވަހަކައިގައި ވިދާޅުވިއެވެ.
އަދުރޭގެ ވާހަކައިގައި އިތުރަށް ވިދާޅުވީ 2018 ގެ ކެމްޕެއިން ނުވަތަ ރައީސް ޔާމީންގެ ކެމްޕެއިން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ފައްޓަވައިފިކަމަށެވެ.
"މިހާރު ކެމްޕެއިނަށް ދިޔައީމަ ނުބުނެވޭނެ ކޮބާހޭ އާސަންދަ. އާސަންދައިގެ ބޭސްފިހާރަ އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކޮށްދިނިން. އެ ވައުދުވާނީ ފުއްދާފަ." އަދުރޭ ވިދާޅުވިއެވެ.
ނަޝީދަކީ ދުވަހަކުވެސް މިގައުމު ނުދެކޭ ފަދަ ޔަހޫދީއެއް - އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ