އެމެރިކާގެ ސުޕްރީމް ކޯޓު ފަނޑިޔާރު ރޫތު ބޭޑާ ގިންސްބާގް އަވަހާރަވެއްޖެ
އެމެރިކާގެ ސުޕްރީމް ކޯޓުގެ އަންހެން ފަނޑިޔާރު، ރޫތް ބޭޑާ ގިންސްބާގް އަވަހާރަވެއްޖެ އެވެ.އެމެރިކާގެ ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން ވޮޝިންޓަން ޑިސީގައި ހުންނަ ގިންސްބާގްގެ ގެކޮޅުގައި އޭނާ އަވަހާރަވި އިރު އަރިހުގައި އާއިލާގެ މެމްބަރުން ތިއްބެވި އެވެ."ކުރިއަށް އޮތް ޖީލުތަކުން ވެސް ރޫތު ބޭޑާ ގިންސްބާގް ހަނދާން ކުރާނީ އަޅުގަނޑުމެންނަށް އޭނާ އެނގުނު ގޮތަށް - ވަރުބަލިކަމެއް ނެތް އަދި އަޒުމް ވަރުގަދަ އިންސާފުގެ ޗެމްޕިއަންއެއް ގޮތަށް،" ސުޕްރީމް ކޯޓުގެ ބަޔާނުގައި އުއްތަމަ ފަނޑިޔާރު ޖޯން ރޮބާޓްސް ވިދާޅުވި އެވެ.އުމުރުފުޅުން 87 އަހަރުގައި ގިންސްބާގް އަވަހާރަވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. ގިންސްބާގް ފަރުވާ ހޯއްދަވަމުން ގެންދެވީ ފުރަމޭގެ ކެންސަރަށެވެ.ގިންސްބާކް އިއްޔެ އަވަހާރަވިއިރު އެކަމަނާ ވަނީ 27 އަހަރު ވަންދެން އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އެންމެ ފުރަތަމަ ގިންސްބާކް އެމެރިކާގެ ސުޕްރީމް ކޯޓަށް އައްޔަނު ކުރައްވާފައިވަނީ 1993 ވަނަ އަހަރު، އޭރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ބިލް ކްލިންޓަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ