ޔައުގޫބުގެ ގޮޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަައިފި

ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައިދިނުން އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ދާންދޫ ދާއިރާގެ މެންބަރު މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައިދިނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، ޔަޢުޤޫބު އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛޫ އަސްޢަދު ޝަރީފެވެ.
ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ރައްޔިތުން މަޖިލިހުގެ މެންބަރުންގެ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީ ގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަޤާމުގައި ހުރެ ދައުލަތުގެ ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެ ކަމަށެވެ.
ޔައުގޫބުގެ މެންބަރުކަމާއި މެދު ބައެއް ވަކީލުން އޭނާއަށް  އެ މަގާމުގައި އޭނާ އަށް ހުރެވިދާނެ ކަމަށެވެ. ބައެއް ވަކީލުން ވިދާޅުވިއިރު އެ މަގާމުގައި އޭނާ އަށް ނުހުންނެވޭނެ ކަމަށެވެ. ބައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ