ކަރަންޓު ބިލު ދައްކައިގެން އިނާމެއް

ސްޓެލްކޯ އެޕް މެދުވެރިކޮށް ކަރަންޓު ބިލް ދައްކައިގެން 10 ކަސްޓަމަރަކަށް 1،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ސްޓެލްކޯ އިން ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި މިއަދުން ފަށައިގެން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ބައިވެރި ވެވޭނެ އެވެ. ކަރަންޓް އެޕްލިކޭޝަން މެދުވެރިކޮށް ބިލްދައްކާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން 10 ކަސްޓަމަރަަކަށް ފައިސާގެ އިނާމު ލިބޭނެ އެވެ.
ސްޓެލްކޯއިން ބުނީ، އެ މުއްދަތުގެ ތެރޭގައި ދައްކާ ބިލަކީ އެންމެ ފަހުގެ ކަރަންޓު ބިލަށް ވާން ނުޖެހޭ ކަމަށާއި އޭގެ ކުރީ މަހުގެ ބިލްތައް ދެއްކި ނަމަވެސް ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށެވެ. ގުރު ނެގުން އޮންނާނީ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ