ރައީސް މައުމޫން ލަންކާއަށް ވަޑައިގެންފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް މައުމޫންގެ އޮފީހުން ބުނީ މިދަތުރުފުޅަކީ ކޮމަންވެލްތުގެ ސަގާފީ މުއްސަނދިކަން ފާހަގަކުރުމަށްޓަކައި ސްރީލަންކާގެ ސިންހަޅަ އަދި ތަމަޅަ އާ އަހަރާ ގުޅުވައިގެން މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާގައި ބާއްވާ ހަފްލާއެއް ޝަރަފްވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިދަތުރުފުޅުގެ ދައުވަތު ރައީސް މައުމޫނަށް ފޮނުއްވާފައިވަނީ ސްރީލަންކާގެ ރައީސް އަދި ކޮމަންވެލްތުގެ މިހާރުގެ ޗެއަރ-އިން-އޮފީސް މަހިންދާ ރާޖަޕަކްސާ އެވެ.
ރައީސް މައުމޫންގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ މިދަތުރުފުޅުގައި ޗުއްޓީއެއް ހޭދަކޮށްލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް މައުމޫންގެ އޮފީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ