މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެގޮތަށް ނިންމައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަޅުވެތިވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބު އިއްޔެ ސްޕްރީމްކޯޓަށް ހުށަހެޅުއްވި މައްސަލަ އާއި ގުޅިގެން އުމަރުގެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައެވެ. އިއްޔެ ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިފައިވާ މެމްބަރަކު ޕާޓީން ވަކިވިޔަސް، ޕާޓީން ވަކިކުރިޔަސް މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައި ދިނުމަށެވެ.
އެމައްސަލާގައި ސުޕްރީމް ކޯޓުން އަދި ގޮތެއް ނިންމާފައި ނުވާއިރު އުމަރު ނަސީރު ބުނެފައި ވަނީ މަޖިލިސް މެމްބަރަކު ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އުމަރު ވިދާޅުވީ އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ދާއިރާގެ ރައްޔިތުންނަށް މަޖިލިސް މެމްބަރު ކަމު ނުގޮސްފި ނަމަ ފެންނަ ނުފެންނަ ވޯޓަކުން ވަކިކުރެވޭ ގޮތަށް އޮންނަ ކަމަށާއި އެކަން އެގޮތަށް އޮންނަ ގޮތަށް ހެދުން ރާއްޖެއަށް މުހިންމު ކަމަށެވެ.
"ޕާޓީއަކަށް މިފަދަ ބާރެއް ދީފި ނަމަ މަޖިލިސް މެމްބަރުން އަޅުންނަށްވެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ފުނޑު ފުނޑު ވާނެ، , މިހާރު ރާއްޖޭގައި އޮތް ސިޔާސީ މާހައުލަށް އޮތް ހައްލަކީ އެގޮތަށް ނިންމުން ކަމަށް ދެކޭ ނަމަ "އެއީ ގޯހެއް" އުމަރު ވިދާޅުވި އެވެ.
އެ މައްސަލައިގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވަނީ އެބޭފުޅުންގެ އިއްތިފާގުން އެގޮތަށް ސުޕްރީމް ކޯޓުން ނިންމުން ރަނގަޅު ކަމަށް ފާސްކޮށް ހުރިހާ މެމްބަރުން ވެސް އެގޮތަށް ތާއީދު ކަމަށް ނިންމާފައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ސަބަބުން މަޖިލިސް މެމްބަރުން އަޅުވެތިވާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ