ރައީސް މައުމޫން މިސްރަށް ވަޑައިގަންނަވަނީ

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މިޞުރަށް ވަޑައިގަތުމަށް އަންނަ ހޮނިހިރު ދުވަހު ފުރާވަޑައިގަންނަވާނެއެވެ.
ރައީސް މައުމޫންގެ އޮފީހުން ބުނި ގޮތުގައި ރައީސް މައުމޫން، މިސްރަށް ވަޑައިގަންނަވަނީ މިޞުރުގެ ގްރޭންޑް މުފްތީ ޑރ. ޝައުޤީ ޢައްލާމް ދެއްވި ދަޢުވަތަކަށްކަމަށެވެ.
ރައީސް މައުމޫން މި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެމަނިކުފާނަށް މިޞުރަށް ވަޑައިގަންނަވަނީ މިސްރުގައި ބާއްވާ ބައިނަލްއަޤްވާމީ ފަތުވާ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ތަޤްރީރު ކުރެއްވުމަށެވެ.
ރައީސް މައުމޫނަކީ ފަތުވާއާބެހޭ ބައިނަލްއަޤްވާމީ ސެކްރެޓޭރިއެޓްގެ އެންމެ މަތީ މަޖިލީސްގެ މެންބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ