އެފްއޭކަޕް ސެމީ ފައިނަލްގެ ދެ ވަނަ މެޗްގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް 2- 0 ން މޮޅުވެގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުކޮށްފި އެވެ.
ދެ ޓީމުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިއަދުގެ މެޗްގައި ނިއުގެ ފުރަތަމަ ގޯލް ޖަހައިދިނީ، މެޗްގެ 22 ވަނަ މިނެޓްގައި އަކްރަމް އަބްދުލްޣަނީ އެވެ. އެއަށް ފަހު ވިކްޓްރީގެ ކުޅުން ކުރިއަށް ވުރެ ވަރުގަދަކޮށް ފެނުނު ނަމަވެސް މެޗްގެ ދެ ވަނަ ގޯލު ވެސް ޖެހީ ނިއު އިންނެވެ.
ފުރަތަމަ ހާފްގެ 45 ވަނަ މިނެޓްގައި ނިއު އަށް މި ލަނޑު ކާމިޔާބުކޮށްދިނީ، އެ ޓީމަށް ކުޅޭ ލައިބީރިއާގެ ޑެނިއަލް އެވެ.
މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 30: 8 ގަ އެވެ. އޭގެ ކުރިން މުބާރާތުގެ ތިން ވަނަ މަގާމު ކަށަވަރު ކުރުމަށް، މިއަދުގެ މެޗުން ބަލިވި ވިކްޓްރީ އާއި ސެމީގެ ފުރަތަމަ މެޗުން ބަލިވި ވެލެންސިއާ އަންނަ ބުދަ ދުވަހު ހަވީރު ބައްދަލުކުރާނެ އެވެ.
އެފްއޭކަޕް: ވީބީއާ ދެކޮޅަށް ފައިނަލްގައި ކުޅޭނެ ޓީމަކަށް ނިއު ހޮވިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ