"ޕާޓީގެ ކަންކަމުގައި" މަޝްވަރާކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ވާހަކަފުޅުދެއްކެވީ ޕާޓީގެ ކަންކަމާ ބެހޭގޮތުންނެވެ. އަދި އެ މަނިކުފާނު ވިދާޅުވީ ދުވަހެއް ދުވަހަކަށް ޕީޕީއެމް ވަރުގަދަ ވަމުން ދާނެ ކަމަށެވެ.Discussed party matters with President Yameen today. Insha Allah PPM will go from strength to strength! pic.twitter.com/fKyi8CUlkS— Maumoon Abdul Gayoom (@maumoonagayoom) July 24, 2014
މައުމޫންގެ ޓުވީޓް.ޕާޓީގެ ކަންކަމުގައި މަޝްވަރާކުރެއްވުމަށް ރައީސް ޔާމީނާއި މައުމޫން
ބައްދަލުކުރެއްވިއިރު، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ބޭފުޅަކު
އައްޔަންކުރެއްވުމަށް ރުހުން ދިނުމަށް މި ހަފުތާގައި ނެގި ވޯޓުގެ
މައްސަލާގައި މައުމޫނާއި އެ ޕާޓީގެ ބައެއް އެހެން އިސްވެރިންނާ ވަނީ ހިޔާލު
ތަފާތުވެފަ އެވެ. ޕީޖީގެ މަގާމަށް ރައީސް ޔާމީން ހުށަހެޅުއްވި ދެ
ބޭފުޅުންގެ ތެރެއިން، އެ މަނިކުފާނަށާއި މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ
މައުމޫން ހަމީދަށް ވޯޓު ދެއްވުމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ
ކިބައިން މައުމޫން ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް އެ ބޭފުޅުން
ވޯޓު ދެއްވީ މުހްތާޒު މުހުސިނަށެވެ.މިއަދު މެންދުރުފަހު އޮތް ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިރޭ ވިދާޅުވި ގޮތުގައި މައުމޫން އެ މަނިކުފާނުގެ ކޮއްކޯފުޅު ރައީސް ޔާމީނާ ބައްދަލުކުރެއްވީ ދެ ހައިސިއްޔަތަކުންނެވެ. އެއީ، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކަށް ވާތީ އާއި ވެރިކަންކުރާ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ކަމަށް އޭނާ ވިދާޅުވި އެވެ."އެނގިވަޑައިގަންނަވާނެ، ރައީސް ޔާމިނާއި ރައީސް މައުމޫން ދޭތެރެދޭތެރޭން ބައްދަލުކުރައްވަމުން ގެންދަވާ. މިއަދުގެ ބައްދަލުކޮށްލެއްވުމަކީ ވެސް، ދެ ބޭފުޅުން ހިޔާލު ބަދަލުކޮށްލައްވައި ޕާޓީގެ ބައެއް ކަންކަމުގައި މަޝްވަރާކޮށްލެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމެއް،" ތަރުޖަމާނު ވިދާޅުވި އެވެ.މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކާ ބެހޭ ތަފްސީލެއް މުއާޒް ނުދެއްވަ އެވެ.
"ޕާޓީގެ ކަންކަމުގައި" ރައީސް ޔާމީނާއި މައުމޫން މަޝްވަރާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ