ގާސިމް އިބްރާހިމްގެ ބަންދަށް 15 ދުވަސް ޖަހައިފި

މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑާރ ގާސިމް އިބްރާހިމްގެ ބަންދަށް މިއަދު ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑާރ ގާސިމް އިބްރާހިމްގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖެހީ ގާނޫނީ ސަރުކާރު ވައްޓާލަން އުޅުމާއި މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައެވެ.
ގާސިމްގެ ބަންދުގެ މުއްދަތް އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރީ މިއަދު 3:00 ޖަހާކަށް ހާއިރެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ ގާސިމްގެ ބަންދުގެ މުއްދަތް އިތުރު ކުރުމަށް ހުއްދަ ދެއްވާފައެވެ.
މީގެ ކުރިން ވެސް މިފަދަ ތުހުމަތެއްގައި ގާސިމް އިބްރާހިމް ވަނީ ހައްޔަރު ކޮށްފައެވެ. މިމަހުގެ 17 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ވަނީ ގާސިމްގެ ގެއާއި އޮފީސް ބަލާ ފާސްކޮށް ގާސިމްގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް ބޭނުންވާ އެއްވެސް ހެއްކެއް ފުލުހުންނަށް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ