ރަސްދޫ ހަރުގެއަށް ކަރަންޓު ނުދިނުމުން ޖަނަރޭޓަރެއް ގަނެގެން ކަރަންޓު ދީފި

އިދިކޮޅު ފަރާތްތަކުން އއ.ރަސްދޫގައި ސިޔާސީ ހަރަކާތް ހިންގުމަށް ބޭނުން ކުރަމުންދާ "އިންސާފުގެ މައިދާނަށް" ސްޓެލްކޯއިން ކަރަންޓު ފޯރުކޮށް ނުދިނުމުން އަމިއްލައަށް ޖަނަރޭޓަރެއް ގަނެގެން އެސަރަހައްދަށް ކަރަންޓު ދީފިއެވެ.
ރަސްދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޖަނަރޭޓަރު ގަނެފައިވަނީ ރަސްދޫ އެމްޑީޕީ މެންބަރުން ދިން ޗަންދާއިންނެވެ.
"އަޅުގަނޑުމެން ޗަންދާއަށް ހުޅުވާލިތާ އެއްގަޑި އިރު ތެރޭ ޖަނަރޭތަރު ގަންނަން ބޭނުންވާ ފައިސާ ހަމަވެއްޖެ. އެއީ ގާތްގަނދަކަށް 12000 އެއްހާ ރުފިޔާ،" ރަސްދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ މީހާ ބުނި ގޮތުގައި ޖަނަރޭޓަރު ބޭނުންކޮށްގެން ކަރަންޓު ދީ، އެސަރަހައްދުގައި ރޭ ވަނީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާ ވަގުތުން ދައްކާފައެވެ.
"ރޭ ޖަލްސާ ކުރިއަށް ދިޔަ އިރު ފުރަތަމަ ރެއަށްވުމުން އަޅުގަނދުމެންގެ ހަރަކާތްތައް ގެންދިއައީ ބާބެކިއުއަކާ ވެސް އެކު،" ރަސްދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ރަސްދޫގައި އިދިކޮޅު ހަރަކާތް ހިންގާ ސަރަހައްދަށް ކުރިން ކަރަންޓު ދެމުން ދިޔައީ ކައިރީ ހުރި ހޮޓަލަކުންނެވެ. ނަމަވެސް އެއީ ގަވައިދާ ހިލާފު ކަމެއް ކަމަށް އެނގުމުން އެކަން ހުއްޓުވާ އެސަރަހައްދަށް ކަރަންޓު ލުމަށް ސްޓެލްކޯއަށް ހުށަހެޅިއެވެ.
ރަސްދޫއިން އިއްޔެ ބުނި ގޮތުގައި ކަރަންޓުލުމަށް ބޭނުންވާ ހުރިހާ ސާމާނުތަކެއް ވެސް ގަނެ އެސަރަހައްދުގައި ކޭބަލު ވަޅުލުމަށް ސްޓެލްކޯގެ މުވައްޒަފުން ތިބެގެން ކޯރު ކޮނެ ނިމުނު ފަހުން ލޭންޑު ޔޫސް ޕްލޭން ނެތް ކަމަށް ބުނެއެވެ.
މިހަބަރާއި ގުޅޭ ގޮތުން ސްޓެލްކޯގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ