މެމްބަރު ރިޔާޒުގެ ކާރަށާއި ގައިކޮޅަށް ކަޅުތެޔޮ ޖަހައިފި

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ކާރަށާއި ގައިކޮޅަށް މިއަދު ބަޔަކު ކަޅުޔެތޮ ޖަހައިފި އެވެ.
ވީ ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖުމުހޫރީޕާޓީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރ އަދި ކުރީގެ ކޮމިޝަނރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒުގެ ގައިކޮޅަށާޢި، ކާރު ކޮޅަށް ކަޅުތެޔޮ ޖެހީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަަޑައިގަންނަވަން ކާރުކޮޅަށް އަރައި ވަޑައިގަންނަވަނިކޮށެެވެ.
އަދި މި ހަމަލާދީފައިވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކައިރިން ޖުވޭސް ކެފޭގެ ކުރިމަތިން ކަމަށް މައުލޫމާލިބެއެވެ.
ކުރީގެ ސީޕީ އަދި އެމްޕީ ރިޔާޒުގެ ގައިކޮޅަށް ކަޅުތެޔޮ ޖަހާފައިވާއިރު، ރިޔާޒުވަނީ މަޖިލީހުގެ މެންބަރުންނަށް ދޭންޖެހޭ ސެކިއުރިޓީ ދިނުމަށް މަޖިލީހުގައި އެދިފައެވެ. މީގެ އިތުރުން ރިޔާޒު އަކީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ކަމުގަިއވާއިރު، އެ ޙައިސިއްޔަތުން ފުލުހުންގެ ފަރާތުން ލިބެންޖެހޭ ސެކިއުރިޓީއަށް އެދި ސިޓީއެއް ފޮނުއްވާފައިވާނެކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ވީ ނިއުސްއަށް މައުލޫމާތުދެއްވަމުން ރިޔާޒު ވިދާޅުވީ ގައިކޮޅަށް ކަޅުތެޔޮ ޖެހިނަމަވެސް، މިއަދު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނީ ހަމަ އެ އެގޮތަށް ކަމަށެވެ.
ރިޔާޒް ވިދާޅުވީ ކަޅުތެޔޮ ޖެހި މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާނެ ކަމަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ