ގާޒީ އަހްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި
ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދާ މެދު ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވުމުން އޭނާގެ ސަސްޕެންޝަން އުވާލައިފި އެވެ. ޖޭއެސްސީގެ އިންފޮމޭޝަން އޮފިސާ ހަސަން ޒަހީން "ސަން" އަށް ވިދާޅުވީ ސަސްޕެންޝަން އުވާލީ އޭނާއާ ގުޅޭގޮތުން ހުށަހެޅުނު ސުލޫކީ މައްސަލަ ބެލި އިރު އެ މައްސަލަ ސާބިތު ނުވާތީ ކަމަށެވެ. އަދި އާދީއްތަ ދުވަހުން ފަށައިގެން އަނެއްކާވެސް އޭނާ އަނބުރާ ކޯޓުގައި މައްސަލަ ބައްލަވަން ފައްޓަވާނެ ކަމަށް ޒަހީން ވިދާޅުވިއެވެ. ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުއެވެ. ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑު ކުރި އިރު އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ގާޒީކަން ތިން އަހަރު ދުވަހު ކުރައްވައިފައެވެ. އަދި އޭނާ އަކީ ފަނޑިޔާރުކަން ކުރެއްވުމުގެ ކުރިން ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ