އަަނިޔާގެ ސަބަބުން ރިއާލް އާއި ސިޓީއާ ބައްދަލުކުރާ މެޗުން މަޓާ ނުފެނިދާނެ

މެންޗެސްޓާ ޔުނައިޓެޑާއި ސޯލްޓް ލޭކް ބައްދަލު ކުރި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން މެންޗެސްޓާ ޔުނައިޓެޑުގެ ޓުއާގައި ރިއާލް މެޑްރިޑާއި އަދި މެންޗެސްޓާ ސިޓީއާ ބައްދަލު ކުރާ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމުގައި ބިރު ހީވެއްޖެވެ.
މެޗުގައި ސޯލްޓް ލޭކް ސިޓީގެ ކުޅުންތެރިޔަކު ކުރި ފައުލަކާއި ގުޅިގެން މަޓާގެ ކުޑަހުޅަށް ލިބުނު އަނިޔާއަކީ ކުޑަ އަނިޔާއެއް ކަމަށް އުއްމީދު ކުރާކަމަށް މޮރީނިއޯ ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި މަޓާއަށް ޔުނައިޓެޑުން ފުރަތަމަ ލަފާކުރި ވަރަށް ވުރެ ބޮޑު އަނިޔާއެކެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ ޓޫއާގައި ކުރިއަށް އޮތީ ވަރުގަދަ މެޗުތަކެކެވެ. މި މަހު 21 ވަނަ ދުވަހު ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރާ އިރު އޭގެ ދެ ދުވަސް ފަހުން އެޓީމު ނިކުންނާނީ ރިއާލް މެޑްރިޑާއި ދެކޮޅަށެވެ. އަދި މި މަހު 27 ވަނަ ދުވަހު ޓުއާގެ އެންމެ ފަހު މެޗުގައި ޔުނައިޓެޑުގެ ނިކުންނާނީ ބާސެލޯނާއާއި ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ