މަސައްކަތްތައް ރަސްމީ ގަޑީގައި ނިންމަން ފެނަކަ މުވައްޒަފުންނަށް އަންގައިފި

ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމާ، އިތުރު ގަޑީގައި ހުއްދަ ނަގައިގެން މަސައްކަތް ކުރަން ފެނަކަ މުވައްޒަފުންނަށް އަންގައިފިއެވެ.
ފެނަކަ އިން އެކުންފުނީގެ މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ، މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން ކުންފުނީގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ރަސްމީ ގަޑީގައި ކޮށް ނިންމަން އަންގާ ކަމަށެވެ.
ފެނަކައިގެ ރަސްމީ ގަޑިއަކީ ހެނދުނު 08:00 އިން މެންދުރުފަހު 15:00އެވެ.
ރަސްމީ ގަޑީގެ އިތުރުން ބްރާންޗްތަކާއި ޑިޕާޓްމަންޓްތަކުން ނުވަތަ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ އެކަމަށް ހާއްސަ ހުއްދައެއް ނަގައިގެން ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިން އެހެން ނިންމުމަކީ ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
ފެނަކައިގައި 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ