ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިދާރީ ހިންގުން ދަށަށް ގޮސް، ކުރިން ބަރާބަރަށް އާންމުކުރަމުން ދިޔަ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު މި ސަރުކާރުން އަދާހަމަ ނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ބުނެ މި ހަފުތާގައި އާންމުކުރި އަދަދަށް ވުރެ ރައީސް އޮފީހުގެ ވެބްސައިޓުގައި ހުރި އަދަދު މަދެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމުތަކުގެ ތެރެއިން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކުރަނީ ވަޒީރުންނާއި، ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކެވެ.
ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި އަދާހަމަ ކުރުން ހުއްޓައިލީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވާން ފެށި ފަހުންނެވެ.
މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ މުއިއްޒުގެ ވައުދެކެވެ.
ވަޒީރުން: 20
ވަޒީރުންގެ ފެންވަރުގައި: 14
ސްޓޭޓް މިނިސްޓަރުން: 93
ސްޓޭޓް މިނިސްޓަރުން ފެންވަރުގައި: 7
ޑެޕިއުޓީ މިނިސްޓަރުން: 216
ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި: 20
ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން: 318
ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން: 8
ޕޮލިޓިކަލް ޑިރެކްޓަރުން: 169
ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި: 4
އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން: 4
އެހެނިހެން ސިޔާސީ މަގާމުތަކުގައި: 49
ޖުލައި 15 ވަނަ ދުވަހުގެ ރޭ ދަންވަރު ރައީސް އޮފީހުން އާންމުކުރި ސިޔާސީ މުވައްޒަފުންގެ އަދަދުތަކަށް ބަލާއިރު، 93 ސްޓޭޓު މިނިސްޓަރުން ތިބި ކަމަށް ބުނި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި މިނިސްޓްރީތަކުގައި ތިބީ 70 މީހުންނެވެ. ރައީސް އޮފީހުގެ އެކި މަގާމުތަކަށް ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި ހަ މީހަކު އައްޔަންކޮށްފައިވެ އެވެ.
ރައީސް އޮފީހުން އާންމުކުރި ލިސްޓުގައި ސްޓޭޓު މިނިސްޓަރުންގެ ފެންވަރުގައި ހަތް މީހަކު ތިބި ކަމަށް ބުނާއިރު، ވެބްސައިޓުގައި އަށް މީހުން އެބަ ތިއްބެވެ.
މި ސަރުކާރުގައި ތިބީ 216 ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގައި އައްޔަންކޮށްފައިވާ 20 މީހުން ކަމަށް ރައީސް އޮފީހުން ބުނެފައި ވާއިރު، އެ އޮފީހުގެ ވެބްސައިޓުގައި އެ މައުލޫމާތު ވެސް ފުރިހަމައެއް ނުކުރެ އެވެ.
ވެބްސައިޓުން ދައްކާ ގޮތުގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިބީ 132 މީހުންނެވެ. ރައީސް އޮފީހުގައި 10 ޑެޕިއުޓީ މިނިސްޓަރުން ތިބި ކަމަށް ވެބްސައިޓުގައި ބުނެފައި ވާއިރު، އެ އަދަދު އެއްކޮށްލިޔަސް އަރަނީ ޖުމުލަ 142 އެވެ. ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކޮށްފައިވާ ކަމަށް ވެބްސައިޓުން ދައްކަނީ ދެ މީހެކެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ބުނުމަކީ ބުހުތާނު ދޮގެއް ކަމާއި އެއީ ކަނޑައެޅިގެން އޮޅުވައިލުމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުގެ އިދާރީ ހިންގުން ދަށްވެ ވެބްސައިޓުގައި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އަދާހަމައެއް ނުކުރޭ ރައީސް އޮފީހުގެ އިދާރީ ހިންގުން ދަށްވެ ވެބްސައިޓުގައި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އަދާހަމައެއް ނުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ