ލާރާ އަށް އަންހެންކުއްޖެއް ލިބިއްޖެ

މަޝްހޫރު ފިލްމީ ބަތަލާ ލާރާ ދައްތާ އާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މަހޭޝް ބޫޕަތީ އަށް އަންހެން ދަރިފުޅެއް ލިބިއްޖެ އެވެ. ލާރާ ވިހާފައިވަނީ ހުކުރު ދުވަހު ހަވީރު އެވެ. ލާރާ ވިހޭކަން ޓުވިޓާގައި އިއުލާންކުރީ އޭނާގެ ފިރިމީހާ މަހޭޝް އެވެ. މިސް ވާލްޑްގެ ތާޖު ހާސިލުކޮށްފައިވާ 33 އަހަރުގެ ލާރާ އާއި މަހޭޝް ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ލާރާ ވިހޭއިރު މަހޭޝް ހުރީ އޮސްޓްރޭލިއަން އޯޕަން ކުޅެން ގޮސް މެލްބަން ގަ އެވެ. ނަމަވެސް ޓުވިޓާގައި އޭނާ ލާރާ ވިހޭކަން އިއުލާން ކުރުމާ އެކު ވަރަށް ގިނަ ބަޔަކު އެ ދެމަފިރިންނަށް ތަހުނިޔާ ކިޔާފައިވެ އެވެ. އޭގެ ތެރޭގައި ބިޕާޝާ ބާސޫ، ނީލް ނިތިން މުކޭޝް، ރާހޫލް ބޯސް، ސޯފީ ޗައުދަރީ، ނެހާ ދޫޕިއާ، ސެލީނާ ޖޭޓްލީ ފަދަ ތަރިން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ