އިބްރަހިމޮވިޗުވެސް ޕީއެސްޖީއަށް ސޮއި ކޮށްފި

މައްޝޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރަހިމޮވިޗު އޭސީ މިލާން ދޫކޮށް ޕްރާންސުގެ ޕީއެސްޖީއަށް ސޮއި ކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކާމިޔާބު ދެސީޒަނަށްފަހު އިބްރަހިމޮވިޗު އޭސި މިލާން ދޫކޮށް ޕީއެސްޖީއަށް ސޮއިކޮށްފައިވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި 23 މިލިޔަން ޔޫރޯއަށް ކަމަށެވެ. ނަމަވެސް ރަސްމީކޮން ބަދަލުވި އަގެއް އެއްވެސްފަރާތަކުން ހާމައެއް ނުކުރެއެވެ.
ފާއިތުވެދިއަ ދެ ސީޒަންގައި އިބްރަހިމޮވިޗު ވަނީ އޭސީ މިލާނުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން 56 ގޯލުވެސް ވަނީ އޭސީމިލާނަށް ކާމިޔާބު ކޮށްދީފައެވެ.
ޕީއެސްޖީއަށް ސޮއިކުރުމަށްފަހު އިބްރަހިމޮވިޗު ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވަނީ އޭސީ މިލާނުގައި އުޅުނީ ވަރަށް އުފަލުން ކަމަށާއި، އޭސީ މިލާނުން ވެދީފައިވާ އެހީތަކަށް ޝުކުރު ކުރާ ކަމަށާއި ދުވަހަކުވެސް އޭސީ މިލާން މަތިން ހަދާން ނުނެތޭނެ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި އިބްރަހިމޮވިޗަށް މުސާރައިގެ ގޮތުގައި އަހަރަކު 13 މިލިޔަން ޔޫރޯ ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ