ބަޣާވާތެއްކަމަށް ކަނޑައަޅައިފިނަމަ ޕީޕީއެމް ސުޕްރިމް ކޯޓަށް

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގެންދިޔައީ ބަޣާވާތެއްކަމަށް ރައީސް ވަހީދު އުފައްދާފައިވާ ކޮމިޝަނުން ކަނޑަ އަޅައިފިނަމަ ނުވަތަ އެފަދަ މޭރުމަކުން ވާހަކަ ހުރިނަމަ ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހަޅާނެކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ބަޣާވާތެއްކަމަށް ކަނޑައަޅައިފިނަމަ ސުޕްރިމްކޯޓަށް ދާން ޖެހޭ ސަބަބަކީ ސުޕްރީމް ކޯޓުން ހަތް ފެބްރުއަރީގައި ހިނގައި ދިޔައީ ކޮންކަމެއްކަން ނިންމަން ޖެހޭނެތީވެއެވެ.
ކުރީދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުން ކޯނީގެ ރިޕޯޓަށް ބިނާކޮށް ގޮތަކާއި ވަކި ކަންތައްތަކެއް ކުރާނެ ކަމަށް ކަންޑަ އަޅުމާއި ގުޅިގެންނެވެ. އެމްޑީޕީ ގައުމީ މަޖިލީސް ނިންމެވި ގޮތުގައި ކޯނީގެ ރިޕޯޓުން 7 ފެބްރުއަރީ ގައި ހިނގައި ދިޔާއީ ބަގާވާތެއް ކަމަށް ނިންމައިފި ނަމަ ވެރިކަން އިޔާދަ ކޮއްދޭން ޖެހޭނެ ކަމަށާއި އަދި އެނޫން ގޮތަކަށް ނިންމަވައިފިނަމަ އަންނަ އަހަރުގެ އިންތިހާބަށް މަޑުކުރާނެ ކަމަށާއި އެހެނިހެން ޕާޓީ ތަކުން ޖަވާބެއް ބޭނުންވާކަމަށް ދެންނެވިއެވެ.
އުމަރު ނަސީރު ވިދާޅުވިގޮތުގައި ހަތް ފެބްރުއަރީ ގައި ހިނގައިދިޔަ ހާދިސާއަކީ އެންމެންގެ ކުރިމަތީގައި ފެނިގެންދިޔަ މަންޒަރުތަކަށް ބަލާއިރު ކޯނީގެ ރިޕޯޓުގައި މިއީ ބަޣާވާތެއް ނޫންކަމަށް ނިންމާނެކަން ޕީޕީއެމް ޔަގީންކުރެއެވެ.
އެމްޑީޕީ މާނަ ކުރާ ގޮތުގައި ކޯނީގެ ރިޕޯޓަކީ ހަތް ފެބްރުއަރީގެ ހާދިސާގައި ހުކުމެއް ނެރޭ ތަނެއް ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ދިވެހި ރާއްޖޭގައި ހުކުމް ނެރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެންވަނީ ދިވެހި ރާއްޖޭގެ ޖުޑިޝަރީން އަށް އެކަންޏެވެ. ކޯނީގެ ރިޕޯޓަކީ ގާނޫނީ އެއްވެސް ބުރަދަނެއް ލިބިގެންނުވާ އޮޕީނިއަނެއްކަމަށެވެ.
ގިނަ ޕާލިމެންޓު މެމްބަރުން ހިމެނޭ އެމްޑީޕީގެ ގައުމީ މަޖިލީހުން މިފަދަ ނިންމުމަކަށް ދިޔުމުން ހައިރާންވެވަޑައިގަންނަވާކަމަށް އުމަރު ވިދާޅުވިއެވެ. އަދީ މިއީ އެމްޑީޕީއަށް ދިވެހި ރާއްޖޭގެ ގާނޫނު ނޭންގޭކަން ދައްކައިދޭ ވަރަށް ފުރިހަމަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ވެރިކަން އިޔާދަ ކުރެވޭނެ އެއްވެސް ގޮތެއް ގާނޫނުގައި ނޯންނާނެއެވެ.
މި ނިންމުންތައް ނިންމާފައިވަނީ ހަމަނުޖެހުން ހިންގާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށް އޭނާ އުމަރު ވިދާޅުވިއެވެ. ވެރިކަން ބަދަލުވި ހާދިސާއަކީ ބަގާވާތެއްނޫންކަމަށް ކޯނީ ނިންމާނެކަށް ރައީސް ނަޝީދަށް އެނގިވަޑައި ގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
" އެމްޑީޕީގެ މުޒާހަރާތަކުން ވެރިކަން ބަދަލު ނުކުރެވޭނެ. އެކަމާ ޕީޕީއެމް އަދި ސަރުކާރުންވެސް ކަންބޮޑެއް ނުވާނެ. އެމްޑީޕީގެ މުޒާހާރާތަކަށް އަތޮޅުތަކުން މީހުން ގެނައަސް އިތުރަކަށް ވަރުގަދަ ނުވާނެ،" ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ހިންގި ހަރަކާތުގައި އިސްކޮށް އުޅުއްވި އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ