ކޮވިޑް ބަލީގައި އެޑްމިޓްކުރާ މީހުން ފަރުވާއަށް ފައިސާ ދައްކާކަށް ނުޖެހޭނެ: އައިޖީއެމްއެޗް

ކޮވިޑް-19 ބަލި ޖެހިގެން، ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން، އެމީހުންގެ ފަރުވާއަށް ފައިސާ ދައްކަން ނުޖެހޭނެކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެ ހާލު ދެރަވުމުގެ ސަބަބުން އައިޖީއެމްއެޗްގައި އެނދުމަތި ކުރެވި 2 މަސްދުވަސް ވަންދެން ފަރުވާ ދެމުން އައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސަހާނާގެ ހޮސްޕިޓަލް ބިލަށް އަރާފައިވާ ފައިސާ މާފުކޮށްދިންކަމަށް ބުނެ، ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
މިކަމާއި ގުޅިގެން އައިޖީއެމްއެޗުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ކޮވިޑް އާއި ގުޅިގެން އެނދުމަތިކުރެވިފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މާފުކޮށްދީފައިވާ ކަމަށް މީސްމީޑިއާގައި ވާހަކަ ދެކެވެމުންދާ ކަމަށެވެ.
ކޮވިޑާ ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީން ފައިސާ ދައްކަން ނުޖެހޭނެ ކަމަށެެވެ.
ކޮވިޑު ބަލީގައި 26 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާއިރު، ރާއްޖޭން މިހާތަނަށް 74،877 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވެފައެވެ.
މީގެތެރެއިން 2801 އެކްޓިވް ކޭހެއް ހިމެނޭއިރު، 213 މީހަކު ކޮވިޑުބަލީގައި މަރުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ