އަދުރޭ އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް

ކޮވިޑް-19 ގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ އިން ހެލްތު މިނިސްޓަރު އަހްމަދު ނަސީމާ ބައްދަލުކުރަން ދިއުމުން އެކަން ނުވެ ދަރުބާރުގެ ދޮށަށް އެއްވެ އަޑުއުފުލަމުް ދަނިކޮށް ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއްރަހީމް އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިންތިހާބު އަވަސްކުރުމަށް ގޮވާލައި އިދިކޮޅު އިއްތިހާދުން މިދިޔަ ހޯމަ ދުވަހު ކުރި މުޒާހަރާއާ އިން ވެސް އަދުރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދުރޭގެ އިތުރުން ވެސް ޕާޓީގެ އިތުރު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް އެ ދުވަހު ގެންދިޔަ އެވެ. އެއިން އެއްވެސް މީހަކު ހައްޔަރަށް ނުގެންގޮސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ