މިއަދު ޕޮޒިޓިވްވީ 50 މީހުން، ގިނައީ މާލެ ސަރަހައްދުން

ކޮވިޑް 19 އަށް މިއަދު 50 މީހުން ޕޮޒިޓިވްވެއްޖެ އެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 27 މީހަކު ޕޮޒިޓިވްވެފައި ވަނީ މާލެ ސަރައްހަދުންނެވެ. އަދި މީހުން ދިރިނޫޅޭ ރަށްރަށުން 16 މީހަކު އަދި ރިސޯޓުތަކުން ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ދައްކަ އެވެ. މިއަުދ 50 މީހުން ޕޮޒިޓިވްވެފައި ވަނީ 3188 ސާމްޕަލުގެ ތެރެއިންނެވެ. މިހާތަނަށް ރާއްޖެއިން 14،375 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 13474 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ