ސަރުކާރާއެކު ރައީސް ޔާމީން ޑީލް ނުހައްދަވަނީ ދުރު ފެނިވަޑައިގަންނަވާ ވަޠަނީ ލީޑަރަކަށްވާތީ: ޝިޔާމް

ޖަލުން މިނިވަންވެވަޑައިގަތުމަށް މި ސަރުކާރާއެކު ރައީސް ޔާމީން ޑީލެއް ނަހައްދަވަނީ އެމަނިކުފާނަކީ ދުރު ފެނިވަޑައިގަންނަވާ ވަޠަނީ ލީޑަރެއް ކަމުގައިވާތީ ކަމަށް ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް މިފަދައިން ވިދާޅުވީ ރައީސް ޔާމީނަށް ޖަލުން މިނިވަންވެވަޑައިގަންނަވާނެ މަގު ފަހިވުމުން އެމަނިކުފާނު އެގޮތަށް ކަންނުކުރެއްވި ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ޖަލުން ނުކުމެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އެ ފުރުޞަތުގެ ބޭނުންނުހިއްޕެވި ކަމުގައެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ނަޝީދު ޖަލަށްލެވުމުން އެމަނިކުފާނަށް އެ ފުރުޞަތު ލިބިވަޑައިގަތުމުން އެ ފުރުޞަތު ބޭންކުރެއްވި ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.Raees Yameenge thfaathakee adhi kaamiyaabee akeeves ei. Emanikfaanakee kommegotheh varihama beyfulhehnoon. Hamaya usool hifahattava amilla nafsahvure qaumaai rayyithun iskuravva beyfulheh. Kuru magahvure rangalhu magu hiyaarukuravva maadhuru fenivadaigannava wathanee beyfulheh. https://t.co/Iy0kklQtUt— Ahmed Shiyam (@Shiyamaldives) December 18, 2020"ދިޔަރެސް"އަށް އިތުބާރު ހުރި މަޞްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީނަށް މި ސަރުކާރުން ހުށަހަޅާފައިވަނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށެވެ. އެ ހުށަހެޅުއްވުން ސަރުކާރުގެ ފަރާތުން ރައީސް ޔާމީނަށް ހުށަހެޅުއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއެވެ. އެ ހުށަހެޅުމަށް ރައީސް ޔާމީނު އިންކާރުކުރައްވައި އެމަނިކުފާނު ހުންނަވާނީ ރާއްޖޭގައި ކަމަށް ވިދާޅުވެފައިވާ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ. އެކަމާ ގުޅިގެން ޝިޔާމު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީނަކީ ކޮންމެ ގޮތެއް ވަރިހަމަ ބޭފުޅެއް ނޫން ކަމަށާއި، އެއީ އެމަނިކުފާނާ އެހެން ސިޔާސީ ލީޑަރުންގެ މެދުގައި ހުރި ތަފާތު ކަމަށާއި، ހަމައެހެންމެ އެއީ ރައީސް ޔާމީނުގެ ކާމިޔާބީ ކަމުގައިވެސް ޝިޔާމު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަކީ ހަމަޔާއި އުޞޫލުތައް ހިފަހައްޓަވާ ވެރިއެއް ކަމަށާއި، އެމަނިކުފާނުގެ އަމިއްލަ ނަފްސަށްވުރެ އަދި އަމިއްލަ މަސްލަހަތަށްވުރެ އިސްކުރައްވާނީ ރައްޔިތުން ކަމުގައިވެސް ޝިޔާމު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަަކީ ކަމެއް ޙާސިލުކުރެއްވުމުގައި ކުރު މަގަށްވުރެ ރަނގަޅު ޚިޔާރުކުރައްވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ މާދުރު ފެނިވަޑައިގަންނަވާ ވަޠަނީ ބޭފުޅެއް ކަމުގައިވެސް ޝިޔާމު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ