ނައިބު ރައީސް ހއ.އަތޮޅަށް ވަަޑައިގަންނަވައިފި

ނައިބު ރައީސް ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ވަޑައިގަންނަވައިފިއެވެ.މި ދަތުރުފުޅުގައި ހއ. މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދޫއަށް ނައިބް ރައީސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.މި ދަތުރުފުޅުގައި އެ ރަށްތަކުގެ ކައުންސިލުތަކާއި ބައްދަލުކޮށްލެއްމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށްރަތަކުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތާއި އެތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.މިއީ ނައިބް ރައީސްކަން ލިބިވަޑައިގެންނެވި ފަހުން ނައިބް ރައީސް ފައިޞަލް ނަސީމް މި ރައްތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ