ލާދީނީ ފިކުރު ފެތުރޭ ގޮތަށް ހާވާ ހުރިހައި ހަޑިތަކެއް ސާފު ކުރާނަން: އާދަމް ޝަރީފު

މި ސަރުކާރު ވެރިކަމުގައި އޮވެ ލާދީނީ ފިކުރު ފެތުރޭ ގޮތަށް ހާވާ ހުރިހާ ހަޑިއެއް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނެއްގެ ވެރިކަމެއްގައި ސާފުކުރައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމު ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.ޕީއެންސީގެ ޕީޖީ ލީޑަރު މިހެން ވިދާޅުވީ މިސަރުކާރުން އިސްލާމިކް ސެންޓަރުތައް ދެން މި ޤައުމުގައި ބިނާ ނުކުރާނެ ކަމަށް ބުނެ ލިޔެފައިވާ ޚަބަރަކާއެކު ކުރެއްވި ޓްވީޓެއްގައެވެ. އާދަމް ޝަރީފު ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީގެ ވެރިކަމެއްގައި މިސްކިތްތަކުގެ އިތުރުން އިސްލާމިކް ސެންޓަރުތަށް އިތުރު ކުރައްވާނެކަމަށެވެ.އަދި އެ ބޭފުޅުންގެ ވެރިކަމެއްގައި އިސްލާމީ ވަހުދަތު ދަމަހައްޓާނެ ކަމަށާއި ލާދީނީ ފިކުރުތަށް ފެތުރޭ ގޮތަށް ހާވާ ހުރިހާ ހަޑިއެއް ސާފު ކުރައްވާނެކަމަށެވެ. އާދަމް ޝަރީފު މިފަދަ މޭރުމަކުން ޓްވީޓު ކުރައްވާފައި މިވަނީ އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން ރާއްޖޭގައި އިސްލާމިކް ސެންޓަރުތަށް ބިނާ ނުކުރައްވާނެ ކަމަށާއި ދެން ތަރައްގީ ކުރާނީ ވިޒްޑޮމް ސެންޓަރުތަކެއް ކަމަށް ހައުސިން މިނިސްޓަރު އަސްލަމު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.އަސްލަމް ވިދާޅުވީ، އެކަން އެގޮތަށް ކުރާނީ ވަކިގޮތަކަށް ފިކުރު ބައްޓަންވުން ހުއްޓުވުމަށް އިންޓަގްރޭޝަނެއް ނުވަތަ މަސްހުނިވުމެއް އިލްމުވެރިންގެ ތެރެއަށް ގެންނަން ޖެހޭތީ ކަމަށެވެ. އަސްލަމުގެ އެ ވާހަކައާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.ގިނަބަޔަކު ބުނަމުން ދަނީ އެއީ މި ޤައުމުގައި އޮތް އިސްލާމީ ވަހުދަތަށް ބުރޫ އަރުވަން ވެގެން ކުރަން އުޅޭ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ