ޖޭޕީގެ ނައިބު ރައީސްކަމަށް ސައުދު

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އެޕާޓީގެ ކުރީގެ ރަޖިސްޓްރާ އަހުމަދު ސައުދު އިންތިހާބު ކޮށްފިއެވެ.
ޖުމްލަ ހަތަރު ބޭފުޅުން ވާދަކުރެއްވި ޖޭޕީގެ ނައިބު ރައީގެ މަގާމަށް ސައުދު އިންތިހާބުކުރީ މިރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.
ނައިބު ރައީސްގެ މަގާމަށް ސައުދުއާއި ދެން ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީއާއި، އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި، ވޮލީ ކުޅުންތެރިޔާ މަރިޔަމް ނާޒިމާ އެވެ.
ޖޭޕީގެ ނާއިބު ރައީސްގެ މަގާމު ހުސްވީ އެޕާޓީގެ އެއް ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި ޑރ. އަބްދުﷲ މައުސޫމް މިދިޔަ ފެބްރުއަރީ މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ