އެޖެންޑާ 19 ގައި ނުކުމެ މިތިބީ އެހެން ގައުމިއްޔަތެއް ހޯދައިދޭން، މުޅި ރާއްޖެ ބަދަލުކުރާނަން: ނަޝީދު

އެޖެންޑާ 19 ގައި ނުކުމެ ތިބީ އެހެން ގައުމިއްޔަތެއް ހޯދުމަށް ކަމަށާއި މުޅި ދިވެހި ރާއްޖެ ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19ގެ ދަށުން އެމްޑީޕީން ގެންނަން މިއުޅޭ އަނެއް ބޮޑު ބަދަލު ރައްޔިތުންނަށް ނުވިސްނޭ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެޖެންޑާ 19 ގައި އޮތީ ދިވެހި ރާއްޖެ ބަދަލުކުރުމެވެ.
އަދި އެޖެންޑާ 19 އެކުލަވައިލާފައި އެވަނީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި މަސައްކަތުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަދި އެޖެންޑާ 19 ކާމިޔާބުވުމުން ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ވެގެންދާނެ ކަމަށާއި އެޖެންޑާ 19 ގައި ރައްޔިތުން ހީވެސް ނުކުރާފަދަ ދިރިއުޅުމެއް ހޯދައިދެއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
''އެޖެންޑާ 19ގައި ތިޔަ ބޭފުޅުންގެ ދިރިއުޅުން ހީނުކުރާ މިންވަރަށް ބަދަލުކޮށްދޭނަން. ހަގީގަތުގައި އެޖެންޑާ 19 އިން އަޅުގަނޑުމެން ގެނެސްދޭ ބަދަލު ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް ނުވިސްނޭ. އަޅުގަނޑުމެން މަޖިލީހަށް ކުރިމަތިލައި، އެމެންބަރުން އިންތިހާބަށް ވަކާލާތުކޮށް ތާއީދު ހޯދަމުން އެގެންދާއިރުގައި ރާއްޖޭގެ ރައްޔިތުންނަކަށް އެމްޑީޕީން މިއަދު ގެންނާން މިއުޅޭ އަނެއް ބޮޑު ބަދަލު ރަގަޅަކަށް ނުވިސްނޭ. މިއަދު ރާއްޖެއަކީ މެދު އާމްދަނީގެ ގައުމެއް. އަޅުގަނޑުގެ އަމާޒަކީ ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ބަދަލުކުރުން. އެބަދަލު ކުރިއަށް މިއޮތް ތިން ހަތަރު އަހަރެއްގެ ތެރޭގައި ގެނެވޭނެ. އެޖެންޑާ19 އެކުލަވާލާފައި އެވަނީ މިދެންނެވި ހުރިހާ ކަމެއްގެ މައްޗަށް އަޅުގަނޑުމެން ބަލާފައި، މުތޯލިއާކޮށްފައި މާހިރުންނާއެކުގައި އޭގެ އެތަށް އެތަށް މަޝްވަރާއެއް ހިންގުމަށްފަހުގައި.'' ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 އިން ބޭރުމީހާ އާއި ދިވެހިމީހާގެ އަގު އެއްވަރުވާނެ ކަމަށެވެ. އެގޮތުން ބޭރު މީހާ ލައްވައި ތިން ހާސް ރުފިޔާއަށް ކުރުވާ މަސައްކަތް ދިވެހި މީހާ ލައްވައި ބާރަ ހާހަށް މިހާރު ކުރުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެޖެންޑާ 19 އިން ވަޒީފާ ނެތް މީހުންނަށް ވަޒީފާ ކަށަވަރުކޮށްދޭނެއެވެ. އަދި ވަޒީފާ ނެތް މީހުންނަށް ދަފުތަރުގައި ޖެހުމުން އިނާޔަތެއް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ