ޔާމީން ބަންދުކުރި އަމުރު އިސްތިއުނާފްގެ އަޑުއެހުން ކެންސަލް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އިސްތިއުނާފް ހުކުމް އިއްވުން ހައި ކޯޓުން މިއަދު ކެންސަލްކޮށްފި އެވެ.
ހައި ކޯޓުން ބުނީ އެއަޑުއެހުން ކެންސަލް ކޮށްފައިވަނީ އިދާރީ ސަބަބުތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެކޯޓުން އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ރައީސް ޔާމީން ޖަލުގައި ބަންދުކުރުމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަމުރުކުރީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެންނެވެ.
ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް މަނީލޯންޑްރީ ކުރުމުގެ އިތުރުން އެކަމުގައި ދައުލަތުގެ މުއައްސަސާތަކަށް ދޮގު މައުލޫމަތު ދިނުމުގެ ކުށުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ