ފައިސާ ޖަމާކުރީ އަސްވާޑު، އެއީ އެމްޕީ ޔާމީނާއި އަސްވާޑު ޓީވީ ޗެނަލެއް ހަދަން ބޭނުންވެގެން ހިންގި މުއާމަލާތެއް: މޫސަ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރެފައިވާ ރިޕޯޓުގައި އޭނާގެ އެކައުންޓަށް ވަދެފައިވާ ކަމަށް ބަޔާންކޮށްފައިވާ އެއް ލައްކަ ޑޮލަރު ޖަމާ ކުރީ އިބްރާހީމް ވަހީދު (އަސްވާޑް) ކަމަށާއި އެއީ އަސްވާޑާއި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު އަލަށް ޓީވީ ޗެނަލެއް ހަދަން ބޭނުންވެގެން ހިންގެވި މުއާމަލާތެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.
މޫސަ މިހެން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓުގައި، އެސްއޯއެފުން އޭނާގެ އެކައުންޓަށް އެއް ލައްކަ ޑޮލަރު ޖަމާވި ކަމަށް ބަޔާންކޮށްފައިވާ މައްސަލައިގައި، އެކަން ހިނގާފައިވާ ގޮތް ބަޔާންކޮށް އޭސީސީއަށް އިއްޔެ ފޮނުއްވެވި ސިޓީއެއްގަ އެވެ.
ތަފްސީލު އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ