ފިލިކަމަށް އެއްބަސްވެ ބާޣީ ލުޠުފީ އެދުނީ ވީހާވެސް ލުއި އަދަބެއް ދިނުމަށް

ނޮވެމްބަރު 3 އުދުވާނީ ހަމަލާގެ އިސްކޮށް ހަރަކާތްތެރިވި ހ. ހެންވޭރު ހާޖަރާގެ ލުޠުފީ 25 އަހަރަށް ޖަލަށްލާފައި ވަނިކޮށް ފިލާފައިވާކަމަށް އެއްބަސްވެ އަދަބު ކުޑަކޮށްދިނުމަށް ޝަރީއަތުގެ މަޖްލީހުގައި އެދިއްޖެއެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް 2010 ވަނަ އަހރު ފޮނުވުން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮޮށް ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން، ބާޣީ ލުޠުފީ މާލެގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
އެމައްސަލައާއި ގުޅިގެން ލުތުފީގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ ޝަރީޢަތުގައި އޭނާ ވަނީ ފިލިކަމަށް އެއްބަސްވެފައެވެ.
ޝަރީޢަތުގައި ވާހަކަދައްކަމުން އޭނާ ވަނީ ބޭސްފަރުވާއަށް ފޮނުވުމުން ފިލިކަމަށް އެއްބަސްވެ ވީހާވެސް އަވަހަށް ހުކުމްކޮށްދިނުމަށާއި، ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދިފައެވެ.
2011ވަނަ އަހަރުގެ ތެރޭގައި ބޭސްފަރުވާއަށް ލުތުފީ ރާއްޖެއިން ބޭރަށް ފޮނުވާލުމުން އޭނާ ވަނީ ގިނަ އަހަރުތަކެއް ވާންދެން އަވައްޓެރި ސްރީލަންކާގައި ފިލައިގެން އުޅެފައެވެ. އެއަށްފަހު 2020ވަނަ އަހަރުގެ މެއި މަހުގައި އޭނާ އަމިއްލައަށް ވަނީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހަވާލުވެފައެވެ. އޭނާ މާލެއަށް ގެނެވެންދެން އޭނާގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ ފުލުހުންގެ ޚާއްސަ ޓީމަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ