ހިތަދޫ އަށް އަރައި ފޭބުން މަނާކޮށްފި

އައްޑޫ ސިޓީ ހިތަދޫ އަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެހެންކަމުން އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ފިޔަވަޅު އަޅާފައިވާއިރު ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އައްޑޫ ސިޓީ ފޭދޫގެ ހޯމް ކަރަންޓީނުގައި ހުރި މީހަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެމީހާ އައްޑޫ އަށް އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހުރެ ސާމްޕަލް ދިނުމަށްފަހުއެވެ. ނަތީޖާ ލިބިފައިވަނީ ރޭގެ ވަގުތެއްގައެވެ.
އިތުރު ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ