ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ މީހަކު ވިލިމާލޭން ހައްޔަރު ކޮށްފި

ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތްތަކެއް- ފައިލް ފޮޓޯ
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެމީހަކު ވިލިމާލޭން ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 50 އަހަރުގެ އިންޑިއާ ދެ ފިރިހެނުންނެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ ވިލިމާލޭގައި ބަނގުރާ ބޭނުންކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާގުޅިގެން، މި ޖުލައި މަހުގެ 03 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ. އެ އޮޕަރޭޝަނުގައި، އެ ދެ މީހުން އެވަގުތު ތިބި ގެ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ އަށް ފުޅި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް، ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން  މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމަށް ދެ ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ