އަހަރުތަކަކަށްފަހު އަނެއްކާވެސް އީވާން ނަސީމްގެ މަރުގެ ވާހަކަ ނަޝީދު ދައްކަވައިފި

މީގެ 17 އަހަރު ކުރިން ޖަލުގައި ތަޅާ މަރާލެވުނު އީވާން ނަސީމްގެ މަރުގެ ވާހަކަ ރައީސް ނަޝީދު އަނެއްކާވެސް ދައްކަވައިފިއެވެ.އެމްޑީޕީ އިން 2008 ވަނަ އަހަރު ވެރިކަމަށް އަންނަންވެގެން އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ އީވާން ނަސީމް އާއި ހުސެން ސޯލާހުގެ މަރަށް އިންސާފު ހޯދައި ދިނުމުގެ ވާހަކައެވެ. ނަމަވެސް ރައީސް ނަޝީދު ވެރިކަމަށް ހޮވިވަޑައިގަތުމާއި އެކު އެ ވާހަކަތައް ހުއްޓުނެވެ. އީވާން ނަސީމް ޖަލުގައި މަރުވުމުން، އޭރު ސަރުކާރުގެ ފަރާތުން ބޭރުގެ މީޑިއާތަކަށް އެކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ސަރުކާރުގެ މޫނުމަތި ރީތި ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ޑރ.ޝަހީދެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ޑރ.ޝަހީދަށް ފޮރެން މިނިސްޓަރުކަން ދެވުނެވެ. ވެރިކަމުގައި ހުންނެވި ދުވަސްވަރު އީވާން ނަސީމް އާއި ހުސެން ސޮލާހުގެ މަރުގެ ވާހަކަ ރައީސް ނަޝީދު ނުދައްކަވައެވެ. އަދި ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އާއި އެކު ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުންވެސް އެ ވާހަކަތައް ރައީސް ނަޝީދު ނުދައްކަވައެވެ.ނަމަވެސް މިއަދު ރައީސް ނަޝީދު ވަނީ މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމުގައި ވިދާޅުވެފައެވެ. އަދި އަނިޔާ އާއި ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލު ކުރުމަށް ނިންމައި ނިކުތް ދުވަސް ކަމަށް ވިދާޅުވެފައެވެ. އަދި މި ދުވަހަކީ އީވާން ނަސީމް ގައިގަ ތަޅާ މަރާލި ދުވަސް ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދެކޭ އެއްގޮތަށް ރައީސް ސޯލިހްވެސް ވެރިކަމަށް ވަޑައިގަތުމަށް ކެމްޕެއިން ކުރެއްވި އިރު އެންމެ ބޮޑަށް ދެއްކެވީ ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އާއި، ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައި ދިނުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެ މަރުތަކަށް އިންސާފު ހޯދައިދޭން މާބޮޑު ކަމެއް ނުކުރައްވާތީ އެ ފަރާތްތަކުގެ އާއިލާގެ ފާޑުކިޔުންވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ