ދުންފަތުން ރައްޔިތުން ސަލާމަތްކުރަން ދުނިޔޭގެ ފެންވަރަށްވުރެ މަތިންނާ ދުނިޔޭގެ ފެންވަރުގަ ރާއްޖޭގަ އަޅާފަވާ ބައެއް ފިޔަވަޅުތައް!

ދުންފަތުގެ އިސްތިޢްމާލްކުރުމާއި ރައްޔިތުން ދުރުހެލިކުރުވައި ދުންފަތުން ލިބޭ ގެއްލުމުން ރައްޔިތުން ސަލާމަތްކުރަން ދުނިޔޭގެ ފެންވަރަށްވުރެ މާމަތިންނާއި ދުނިޔޭގެ ފެންވަރުގައި ރާއްޖޭގައި ބައެއް ފިޔަވަޅުތައް އަޅާފައިވާކަން ގިނަ ބައަކު ފާހަގަކުރެއެވެ.
އެގޮތުން ދުނިޔޭގެ ފެންވަރަށްވުރެ މަތިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަކީ:
1 - ދުންފަތުގެ އިސްތިޢުމްލާލްކުރުން މަނާ ސަރަހައްދުތަކެއް ހޮޓާ/ކެފޭ އަދި އެނޫންވެސް ބައެއް ސަރަހައްދުތަކުގައި ކަނޑައަޅައި ރަތްކުލައިގެ އިންޒާރުގެ ބޯޑުތަކެއް ބަހައްޓައި ވަގުތުން ޖުރުމަނާ ކުރުމުގެ ބާރު އެ ޕްލާސްޓިކް ބޯޑުތަކަށް ދީފައިވުން. އެކަން ބަލަހައްޓާނެ އިންސާނުން ނުބޭތިއްބުން. 
2- މަގުމަތީގައި ހިނގާ މީހުން ދުންފަތުގެ ދުމުން ސަލާމަތްކުރަން ބެހެއްޓި ބޫތުތައް އާދައިގެ އިންސާނުންގެ ލޮލަށް ނުފެންނަ ފެންވަރުގައި ބަހައްޓާފައި ހުރުން. 
3- މަގުމަތީގައި ދުންފަތުގެ އިސްތިޢްމާލްކުރުން ގިނަ ޤައުމުތަކުގައި މަނާކޮށްފައި އޮތް ނަމަވެސް ރާއްޖޭގައި ހުއްދަކޮށްފައި އޮތުން. މަގުމަތީގައި ހިނގާ ދުންފަތުގެ އިސްތިޢްމާލް ނުކުރާ މީހުންނަށް ދުންފަތުގެ އިސްތިއްމާލްކުރާ މީހުން ފޮނުވާ ދުން ބޯންޖެހުން. 
ދުނިޔޭގެ ފެންވަރުގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް:
1 ދުންފަތުގެ ބާވަތްތަކުގެ ޑިޔުޓީ ބޮޑުކުރަމުންދިއުން
2 ސަރުކާރުގެ އިމާރާތްތަކުގައި ދުންފަތުގެ އިސްތިޢްމާލް ނުކުރެވޭ ގޮތަށް ހަމަޖައްސާފައި އޮތުން 
3 ދުނަފަތް/ ސިގިރެޓް ފޮށީގެ ބޭރުގައި ކެންސަރުޖެހިދާނެކަން އަނގައިދޭ ބިރުވެރި ފޮޓޯ ޖަހައިގެން ނޫނީ އެތެރެ ނުކުރެވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ