ބަނޑު ދިޔާވާނަމަ މި އެެއްޗެހި ނުކާތި!

ޑައިރިއާ (ބޭރަށްހިންގުން)، ފުޑް ޕޮއިޒަނިން ނުވަތަ ކާނާ ވިހަވުން، އެލާޖީއެއް، ވައިރަހެއް ނުވަތަ ސްޓްރެސް އަކީ އާންމުކޮށް ބަނޑުދިޔާވުމަށް މެދުވެރިވާ ސަބަބުތަކެވެ. މި ނޫން ވެސް އިތުރު އެހެން ސަބަބުތަކާ ހުރެ ނަމަވެސް ތިމާގެ ބަނޑުދިޔާވެފައި ހުންނަ ދުވަސްވަރާއި އަދި ރަނގަޅު ވުމަށް ފަހު ވެސް ބަނޑު މުޅިން ހަމަޖެހިލަންދެން ދުވަސްކޮޅެއް ވަންދެން ކެއުން ރަނގަޅު ނޫން ކާބޯތަކެއްޗާ ދުރުގައި ހުރުމަކީ މުހިންމު ކަމެކެވެ.
އެ ގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ހަށިގަނޑަށް ހަކުރު ލިބޭ މިންވަރު އިތުރު ވެއްޖެ ނަމަ ބަނޑު އިތުރަށް ސަކަރާތް ވާ ކަމެވެ. މިސާލަކަށް، ސައި ތައްޓެއްގައި އޭގެ ތިން ޕަސެންޓަށް ވުރެ އިތުރަށް ހަކުރު ހުރުމެވެ.
ބަތް ކާން ވާނީ "ޕްލެއިން ރައިސް" ނުވަތަ އެއަށް އިތުރު ގޮތެއް ނުހަދައި "ހުދު ބަތު"ގެ ގޮތުގައެވެ. ފްރައިޑް ރައިސް ފަދަ ކެއުންތަކާ ދުރުވާށެވެ. އަދި މާޝްޑް ޕޮޓޭޓޯ ކެއުމުގެ ބަދަލުގައި އަލުވި އަށް ވެސް އިތުރު އެއްޗެއް ނާޅާ ނުވަތަ އިތުރު ގޮތެއް ނުހަދާ ކާށެވެ. ސަބަބަކީ ހަޖަމު ކުރަން ފަސޭހަ ވާނީ އެއިރުންނެވެ. ތާޒާ އާފަލު ކެއުމުގެ ބަދަލުގައި އާފަލު ކައްކައިގެން ކާށެވެ. އޭގައި ހުންނަ ޕެކްޓިން އާއި ހަކުރާއި އެހެނިހެން މާއްދާތައް ހަޖަމު ކުރަން ފަސޭހަ ކުރުމަށެވެ.
ބޭރަށްހިންގުން އާދަޔާހިލާފަށް ގޯސް ނަމަ، ޑައެރީ ކާބޯތަކެތި ނުވަތަ ކިރުގެ ބާވަތްތައް އެކުލެވޭ އެއްޗެހި ނުކާށެވެ. ނަމަވެސް މި ކަމުން އިސްތިސްނާ ވަނީ ޔޯގަޓެވެ. ކުކުޅު ނުވަަތަ އެހެން އެއްގަމު މަހެއް ކާ ނަމަ، ސްޓީމް ކޮށްގެން ކާށެވެ. އެއިރުން އޭގައި ހުންނަ ޕްރޮޓީން ހަޖަމު ކުރަން ފަސޭހަ ވާނެއެވެ. ބަޓަރާއި ފެޓުގައި ތެއްލައި ނުވަތަ ފްރައި ކޮށްފައިވާ ކުކުޅު ނުކާށެވެ. ބަނޑުދިޔާވުމުން ނާޒުކުވެފައިވާ ހަޖަމު ކުރުމުގެ ނިޒާމަށް އެކަން ބަރުދާސްތު ނުކުރެވޭނެތީއެވެ.
ބަނޑުދިޔާވުމުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ފައިބައިގެން ދާތީ ހަށިގަނޑު އަލުން "ރީހައިޑްރޭޓް" ކުރުމަށްޓަކައި ލޮނު ޕެކެޓު ފެނަށް އަޅައިގެން ބުއިން މުހިންމެވެ. މިއިން ކޮންމެ ޕެކެޓެއްގައި ލޮނާ މަސްހުނިކޮށްފައި ހަކުރު ހުންނަނީ ބަނޑު އިތުރަށް ދިޔާ ނުވާނެ މިންވަރަށެވެ. އޭގައި ހަކުރު ހުންނަނީ ހަށިގަނޑަށް ހަމައެކަނި ބޭނުންވާ މިންވަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ