ކަސްޓަމްސް އިން ހުޅުލާމޭގައި 15 ބުރީގެ 4 ޓަވަރު އަޅަނީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 15 ބުރީގެ ހަތަރު އިމާރާތް އަޅާދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އިއުލާނު ކޮށްފިއެވެ.
ކަސްޓަމްސްއިން ބުނީ ހަތަރު ޓަވަރު އަޅާދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އެކަމުގެ ލިއުން ފޮނުވަން ޖެހޭ ކަމުގައެވެ.
ހިޔާ މަޝްރޫއުގެ ދަށުން ކަސްޓަމްސްގެ އިތުރުން ސްޓެލްކޯއާއި އައިލެންޑް އޭވިއޭޝަނުންވެސްވަނީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފައެވެ.
ހިޔާ މަޝްރޫއުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި އެކު ޖުމްލަ 22 ފަރާތަކުން ބައިވެރިވެފައިވާކަމަށް ސަރުކާރުންވަނީ ބުނެފައެވެ.
މަޝްރޫއު ފައްޓަވާ ދެއްވުމަށް ބޭއްވި ފަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 25 ބުރީގެ 62 ޓަވަރު އެޅުމަށް ނިންމާފައިވާ ކަމުގައެވެ. ނަމަވެސް 25 ބުރީގެ ޓަވަރެއް އެޅުމަށް އެއްވެސް އިދާރާއަކުން އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ