މެޓްރިކްސްގެ އާ ފިލްމަށް ޕްރިޔަންކާ

މަޝްހޫރު ފިލްމު ފްރެންޗައިޒް "މެޓްރިކްސް"ގެ ހަތަރު ވަނަ ފިލްމުގެ ރޯލަކަށް ޕްރިޔަންކާ ޗޯޕްރާ ގެނައުމަށް މަޝްވަރާތަކެއް ފަށައިފި އެވެ. އަންނަ އަހަރު ނެރުމަށް ތައްޔާރުވަމުންދާ މެޓްރިކްސްގެ ހަތަރު ވަނަ ފިލްމަށް ޕްރިޔަންކާ ގެނައުމަށް ޕްރޮޑަކްޝަނުން މަސައްކަތް ކުރަމުންދާއިރު އޭނާ ފެނިގެންދާނެ ރޯލާ ގުޅޭ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ކުރިއަށް އޮތް މަހެއްގެ ތެރޭގައި ޕްރިޔަންކާގެ ރޯލު ފައިނަލް ވެގެންދާނެ އެވެ. ކިއާނޫ ރީވްްސް ލީޑުން ފެނިގެން ގޮސްފައިވާ މެޓްރިކްސް ފްރެންޗައިޒްގެ އާ ފިލްމަށް ވެސް އޭނާ އަންނާނެ ކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. އާ ފިލްމުގެ ކާސްޓުން ދަނީ މިހާރު ވެސް ބައެެއް ޓްރެއިނިންތައް ހަދަމުންނެވެ. ޕްރޮޑަކްޝަނުން ބުނެފައި ވަނީ އެ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ފިލްމު ޝޫޓު ކުރާނީ ކެލިފޯނިއާގެ އުތުރުގެ ސަރަހައްދެއްގައި ކަމަށް ވެސް ޕްރޮޑަކްޝަނުން ބުނެ އެވެ. ވޯނާ ބްރޯސް ޕްރޮޑަކްޝަނުން ތައްޔާރުކުރާ މެޓްރިކްސް އަކީ 2000ގެ ކުރީކޮޅުގައި ނެރެފައިވާ ސައިންސް ފިކްޝަން ފިލްމު ފްރެންޗައިޒްއެކެވެ. މެޓްރިކްސްގެ އެންމެ ފަހު ފިލްމު "މެޓްރިކްސް: ރެވޮލިއުޝަން" ނެރެފައި ވަނީ 2003 ވަނަ އަހަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ