ރާއްޖޭގައި ހާލުގައި ޖެހިފައި ތިބި ފަތުރުވެރިންތަކަކަށް ސަރުކާރުން އެހީވަނީ

ތޯމަސް ކުކް ޓްރެވަލް އެޖަންސީ ބޭންކަރަޕްޓް ވެގެން ރާއްޖޭގައި ފަތުރުވެރިންތަކެއް ހާލުގަޖެހިފައިވާތީ އެމީހުންނަށް އެހީތެރިވުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ، ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއަށް އައިސް ތިބި ފަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ހެލްޕު ޑެސްކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.
މި ކުންފުނި ބެންކަރަޕްޓު ވެފައިވަނީ އިނގިރޭސި ވިލާތުން އީޔޫ އިން ނުކުތުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން އެ ކުންފުންޏަށް ލިބެންޖެހޭ ލޯނެއް ނުލިބިގެނެވެ.
އިނގިރޭސި ވިލާތުގެ ސަރުކާރުން މިހާރު އަންނަނީ އެ ކުންފުންޏަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންނެވެ.
އެ ކުންފުނި ބޭންކަރަޕްޓު ވުމުގެ ސަބަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 150000 ފަތުރުވެރިން ވަނީ ހާލުގަ ޖެހިފައެވެ.
ރާއްޖޭގައި ހާލުގައި ޖެހުނީ ކިތައް ފަތުރުވެރިންކަމެއް އަދި ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ