ރައީސް ނަޝީދު، މާކަނާ ޝޯގެ ދިފާއުގައި

"މާކަނާ ޝޯ"ގެ ކޮންޓެންޓާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން އެ ޝޯ އިސްލާހުކުރުމަށް އެންގުމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޝޯގެ ދިފައުގައި ވާހަކަ ދައްކައިފިއެވެ. ރާއްޖެޓީވީން ގެނެސްދޭ މާކަނާ ޝޯގައި ހުތުރު ބަހުރުވައިން ކޮންޓެންޓް ގެނެސްދީފައިވާތީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް އެ ޕްރޮގްރާމް ގެނެސްދޭން ބްރޯޑްކޮމްއިން ވަނީ މިއަދު އެ ސްޓޭޝަނަށް އަންގާފައެވެ. މާކަނާ ޝޯގެ ދިފާއުގައި ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޝޯއަކީ، ކުޑަ ކުދިން ޓީވީ ބަލާ ގަޑީގައި ދައްކާ ޝޯއެއް ނޫން ކަމަށެވެ. އެގޮތުން އޭގައި ބޭނުން ކުރާ ބަސްތައް ބޭނުން ކުރަނި، ޝޯގެ އާންމު ހަމައިގައި ކަމުން އަދި އެފަދަ ސަކަ މިޒާޖެއްގައި ހިފަހައްޓާ އާންމު ހަމަތައް ހިފަހައްޓާކަމަށް އެމަނިކުފާނު ދެއްކެވަޑައިގަންނަވާ ކަމަށެވެ. "މީޑީއާ ސެންސަރު ކުރުމުގައި ވަރަށް ވިސްނަން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ. https://twitter.com/MohamedNasheed/status/1173629526213124096 މިދިޔަ އޭޕްރީލް މަހު ދެއްކި "މާކަނާ ޝޯ"ގެ ހަތަރު އެޕިސޯޑެއްގައި ހުތުރު ބަހުރުވައިން ކޮންޓެންޓު ގެނެސްދީފައިވާތީއާއި އާންމު ގޮތެއްގައިވެސް މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުންކުރާ ކަމަށް ފާހަގަވާތީ ބްރޯޑްކޮމްއިން ވަނީ އެ މައްސަލަ ބަލައިފައެވެ. https://sun.mv/124437 މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމްއިން ބުނީ ގާނޫނީ ހަމަތަކުގެ މަތިން ތަހުގީގުގެ އެންމެހާ އިޖުރާއަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭޕްރީލް މަހު ގެނެސްދިން މާކަނާ ޝޯގެ ހަތަރު އެޕިސޯޑެއްގައި މުޖުތަމައުގައި އާންމުގޮތެއްގައި ބޭނުންކުރެވޭ އަދަބު އަހުލާގީ މިންގަނޑު ހިފެހެއްޓިފައި ނުވާކަމަށް ފާހަގަވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ