ދިވެހިންގެ ދާހިލީ ކަންކަމާއި ބެހުމަކީ ސިޔާސަތެއް ނޫން: ޕާކިސްތާނު

ދިވެހިންގެ ދާހިލީ ކަންކަމާ ބެހުމަކީ ޕާކިސްތާނު ސިޔާސަތެއް ނޫންކަމަށް ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު އެންބަސީން ބުނެފިއެވެ.
ޕާކިސްތާނުން ބުނެފައިވަނީ އެއްވެސް ގައުމެއްގެ ދާހިލީ ކަންކަމާ ބެހުމަކީ އެ ގައުމުގެ ސިޔާސަތެއް ނޫންކަމަށެވެ.
އެ ގައުމުން މިހެން ބުނެފައިވަނީ ދިވެހި މީޑިއާތަކުން ރާއްޖޭގެ ދާހިލީ ކަންކަމާއި ޕާކިސްތާނުން ސުވާލު އުފައްދާކަމަށް ބުނެއެވެ.
"ދައުލަތުގެ އެކި މަގާމުތަކާއި ދާއިރާތަކުގެ ވަފުދުތަކަށް ޕާކިސްތާނުން ދައުވަތު ދެމުން ގެންދަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން. މި ސަރުކާރުގައި ވެސް އެފަދަ ވަފުދުތައް ޕާކިސްތާނަށް ގޮސްފައިވާ،" އެންބަސީން ބުންޏެވެ.
ޕާކިސްތާނު އެންބަސީން ވަނީ ސޯޝަލް މީޑިއާގައި ދެކެވޭ ބައެއް ވާހަކަތައްވެސް ދޮގުކޮށްފައެވެ. އެގޮތުން ޕާކިސްތާނާއި ޗައިނާ އިން ދިވެހި ސަރުކާރު ބަދުނާމުކުރަން މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކަތައް ވެސް ވަނީ ދޮގުކޮށްފައެވެ.
"ޓެރަރިޒަމްގެ އަމަލުތައް ފަދަ ކަންކަމާއި ގުޅުވައިގެން ވެސް ގުޅުވައިގެން ދޮގު މައުލޫމާތުތައް ފަތުރަނީ ޕާކިސްތާނުގެ އަގު ވައްޓާލަން"
ޕާކިސްތާނު އެމްބަސީން ބުނީ ރާއްޖޭގެ އިސްލާމީ ވަހުދަތާއި މިނިވަން ކަމަށް ޕާކިސްތާނުން އަބަދުވެސް އިހްތިރާމް ކުރާ ކަމަށާއި ރާއްޖޭގެ މިނިވަން ކަމާއި ސަލާމަތަށް ބުރޫ އަރާ އެއްވެސް ކަމެއް އެ ގައުމުން ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ