ކުރީގެ ރައީސް ޔާމީން ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރެވޭ: ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ  މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ފައިސާއާ ގުޅޭ ގޮތުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފިއެވެ
މިރޭ ފުލުހުންގެ މީޑިއާ އޮފިޝަލް   ވިދާޅުވީ އެމްއެމްޕީއާރްސި މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އިސްލާމިކް ބެންކް އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން އެ ފައިސާ ލޯންޑާކޮށް، ފައިސާއާ ގުޅޭ ގޮތުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުންވަނީ ބުނެފައެެވެ
މީގެ އިތުރުން ފުލުހުން ވިދާޅުވީ މައްސަލައިގައި ތުހުމަތު ކުރެވޭ ކަންތައްތަކާއި އެތުހުމަތުތައް ބިނާކުރާ ޤާނޫނީ މާއްދާތަކާއި، ތުހުމަތުގައި ސުވާލު ކުރެވޭ ފަރާތައް އަންގަން ޖެހޭ ޤާނޫނީ އިންޒާރު އިއްވާ އެކަންކަން ފަހުމްވިކަމަށް ސޮއިކޮށް ރައީސް ޔާމީން އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ